އިއްޔެގެ ކެންޕެއިންގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް
ހަބަރު
29 Sep 2023 | 08:58
އަޅުގަނޑުގެ ވެރިކަމެއްގަ އަނިޔާވެރިކަމެއް އަދި ބަދަލު ހިފުމެއް ނޯންނާނެ: ޑރ. މުޢިއްޒު

އެމަނިކުފާނުގެ ވެރިކަމެއްގައި އަނިޔާވެރިކަމެއް ނުވަތަ ބަދަލު ހިފުމެއްވެސް ނޯންނާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުޢިއްޒުއާއި ދެކޮޅަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ ކެންޕެއިން ޓީމުން އެންމެ ބޮޑަށް ދައްކަވާ ވާހަކަ އަކީ މުޢިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ އަނިޔާވެރިވެ، މީހުން ނުހައްގުން ޖަލަށް ލާނެ ކަމުގެ ވާހަކަ އެވެ. އެވާހަކަ ތަކަށް އެކި ފަހަރު މަތިން އެމާނިކުފާނު ރައްދު ދެއްވާފައިވާ އިރު އިއްޔެގެ  ކެންޕެއިންގެ ތެރެއިންވެސް ވަނީ އެފަދައިން ކަން ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 

އެގޮތުން މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި އަނިޔާވެރިކަމަށް އެއްވެސް ވަރަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަންނަވަނީ އަދުލުވެރި، އިންސާފުވެރި ސަރުކާރެއް ގާއިމް ކުރައްވަން ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން އަދުލުވެރިކަމާ އެކު މެނުވީ އެއްވެސް މީހަކާ މެދު އަމަލު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މި އުޅެނީ ވެރިކަމަށް ކުރިމަތިލައިގެން. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ކަން ކުރާނެ ގޮތް. އަޅުގަނޑުގެ ވެރިކަމެއްގަ އަނިޔާވެރިކަމެއް ނޯންނާނެ. ބަދަލު ހިފުމެއް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

"އަނިޔާވެރިކަމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން އަދި ފުރުސަތު ވެސް ދޭނެ ކަމެއް ނޫން. ސަރުކާރެއް ގައުމެއް ހިންގަން އަންނަ މީހެއްގެ ކިބައިން ފެނިގެން ވާނެ ކަމެއް ވެސް ނޫން. އެހެންވީމާ އެއީ އަޅުގަނޑުގެ ވެރިކަމެއްގައި އެއްވެސް ވަރަކަށް ފުރުސަތު ދެވޭނެ ކަމެއް ނޫން."

ޑރ. މުހައްމަދު މުޢިއްޒު 

މިއާއެކު މުއިއްޒު ވަނީ އެއްވެސް ހާއްލެއްގައި އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިން އަނިޔާވެރިކަން ނުފެންނާނެ ކަމަށާއި ބަދަލު ނުހިފާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި އެމަނިކުފާނުގެ ސަރުކާރު ވާނީ ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ސަރުކާރެއް ކަމަށްވެސް މުޢިއްޒު ވިދާޅުވިއެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.