ރޭގެ އިވެންޓްގެ ތެރެއިން--ފޮޓޯ/ ޕީޕީއެމް
ހަބަރު
29 Sep 2023 | 13:52
އީ-ސްޕޯރޓްސްގެ އިންޓަރނޭޝަނަލް ފެންވަރުގެ ތިން ސްޕޯރޓްސް އެރީނާ ގާއިމް ކުރާނަން: ޑރ. މުޢިއްޒު

ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމެއްގައި އީ- ސްޕޯރޓްސްގެ އިންޓަރނޭޝަނަލް ފެންވަރުގެ ތިން ސްޕޯރޓްސް އެރީނާ މާލެއާއި ރާއްޖޭގައި އުތުރާއި ދެކުނުގައި ގާއިމް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

އީ-ސްޕޯޓްސް ކޮމިއުނިޓީގެ ޒުވާނުންނާއި އަދި މިއަހަރު އަލަށް ވޯޓުލުމުގެ ޙައްޤު ލިބޭ ޒުވާނުންނާއިއެކު ރޭ ބޭއްވުނު "މުޢިއްޒު 4 އީ-ސްޕޯރޓްސް" އިވެންޓްގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އިންޓަނޭޝަނަލް އީސްޕޯޓްސް އެރީނާއެއް މާލޭގެ އިތުރުން، ރާއްޖޭގެ އުތުރާއި، ދެކުނުގެ ދެ ރަށެއްގައި ގާއިމުކޮށްދެއްވާނެ ކަމަށެވެ. 

އަދި އޭގެ އިތުރުން އެހެނިހެން ކުޅިވަރުތައް ވެސް ކުރިއަރުވައި ޒުވާނުން ބާރުވެރިކޮށް، އިގްތިޞާދީ ގޮތުން އަމިއްލަ ހުނަރުތައް ބޭނުންކޮށް ވިޔަފާރިކޮށްގެން ހިތްހަމަޖެހޭ ފަދަ އާމްދަނީއެއް ހޯދޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

މިއާއެކު މުޢިއްޒު ވިދާޅުވީ، ކުދިކުދި ތަންތަންކޮޅުގައި ވަރަށް ހާލުގައި އުޅޭ ޒުވާން ކުދިން އުޅޭ ކަމަށާ، އެހެންކަމުން ކައިވެނި ނުކޮށް ތިބޭ ޒުވާނުންނަށް އަގުހެޔޮކޮށް ގޯތި ގެދޮރު ލިބޭނެ ގޮތް އެމަނިކުފާނުގެ ވެރިކަމެއްގައި ފަހިކޮށްދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

"ފުދުންތެރި ދިރިއުޅުމެއް ލިބުން. ގޯތިގެދޮރު. ތަޢުލީމު. ރަނގަޅު މާޙައުލެއް. މިކަހަލަ ކިތަންމެ ކަމެއް ޒުވާނުންނަށް ބޭނުންވޭ. ވެރިކަމަށް އަންނަ ބަޔެއްގެ ފަރާތުން ޒުވާނުން އުންމީދުކުރާ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެ. އަޅުގަނޑަށް އެނގޭ މާލޭގައި ވަރަށް ކުދިކުދި ޖާގައިގާ ވަރަށް ދަތީގައި އުޅޭ ޒުވާނުންވެސް އެބަ ތިބިކަން. އެފަދަ ހުރިހާ ޒުވާނުންނަށްވެސް ހިޔާވަހިކަން ހޯދައިދިނުން، ދިރިއުޅުމުގެ އުންމީދުތައް ފުރިހަމަކޮށްދިނުން، މިއީ ކޮށްދޭން ޖެހޭ ކަންކަން.". މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެކުއްޖެއްގެ ހުނަރު ބޭނުންކޮށްގެން އިންޓަރނޭޝަނަލް މާރކެޓްގައި ސެލަރ އެކައުންޓް ހުޅުވައި ޕޭމަންޓް ސިސްޓަމް ގާއިމްކޮށްދީ އާމްދަނީ ހޯދޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.