އީ- ސްޕޯޓްސް ފޯ މުޢިއްޒު އިވެންޓް ގެ ތެރެއިން-- ފޮޓޯ/ޕީޕީއެމް
ހަބަރު
29 Sep 2023 | 14:28
މުޢިއްޒުގެ ވެރިކަމެއްގައި 18 އަހަރު ފުރުމާއެކު އަމިއްލަ ގެދޮރުވެރިކަން!

އުމުރުން 18 އަހަރު ފުރުމުން ކައިވެނި ނުކޮށް ތިބިނަމަވެސް ޒުވާނުންނަށްވެސް ގޯތިގެދޮރު ދެއްވާނެ ކަމުގެ ޔަގީންކަން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.

މުއިއްޒު ފޯ އީ-ސްޕޯރޓްސް ގެ ނަމުގައި ގިނަ ޢަދަދެއްގެ ޒުވާނުން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އިއްޔެ މެންދުރުން ފެށިގެން ރޭ 11 އާއި ހަމައަށް އެމަނިކުފާނަށް ތާއީދުކުރާ ޒުވާނުން ވަނީ ކާމިޔާބު އިވެންޓެއް ބާއްވާފައެވެ. 

މި އިވެންޓް ހިނގަމުން ދިޔަ މާލަމަށް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ޒިޔާރަތްކުރައްވައިފައެވެ. އެ ދެ ބޭފުޅުންވެސް ވަނީ ޒުވާނުންނާއިއެކު ވަގުތު ހޭދަކުރައްވާ ކުޅިވަރުތަކުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ. 

މި އިވެންޓުގައި ވާހަކަ ފުޅު ދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ އިންޓަނޭޝަނަލް އީސްޕޯޓްސް އެރީނާއެއް މާލޭގެ އިތުރުން، ރާއްޖޭގެ އުތުރާއި، ދެކުނުގެ ދެ ރަށެއްގައި ގާއިމުކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ޒުވާނުން މާލޭގައި އުޅޭ ދަތި ހާލު އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެން ކަމުން، 18 އަހަރު ފުރުމާ އެކު، އަމިއްލަ ހައުސިން އެއް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ފުދުންތެރި ދިރިއުޅުމެއް ލިބުން. ގޯތިގެދޮރު. ތަޢުލީމު. ރަނގަޅު މާޙައުލެއް. މިކަހަލަ ކިތަންމެ ކަމެއް ޒުވާނުންނަށް ބޭނުންވޭ. ވެރިކަމަށް އަންނަ ބަޔެއްގެ ފަރާތުން ޒުވާނުން އުންމީދުކުރާ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެ. އަޅުގަނޑަށް އެނގޭ މާލޭގައި ވަރަށް ކުދިކުދި ޖާގައިގާ ވަރަށް ދަތީގައި އުޅޭ ޒުވާނުންވެސް އެބަ ތިބިކަން. އެފަދަ ހުރިހާ ޒުވާނުންނަށްވެސް ހިޔާވަހިކަން ހޯދައިދިނުން، ދިރިއުޅުމުގެ އުންމީދުތައް ފުރިހަމަކޮށްދިނުން، މިއީ ކޮށްދޭން ޖެހޭ ކަންކަން."

"އަޅުގަނޑު ބޭނުން އެފޯޑަބަލް ހައުސިންއެއް ޒުވާނުންނަށް ފޯރުކޮށްދީގެން ލައިފް އެއް ބިލްޑު ކުރަން ފުރުސަތު ދޭން" އެމަނިކުފާނު ވިދާޅުވިއެވެ.

400 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވި މި އިވެންޓުގައި އީ-ސްޕޯޓްސް މުބާރާތުގެ އިތުރުން، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަލަށް ވޯޓުލާ ގިނަ ޒުވާނުންތަކެއްވެސް ވަނީ ބައިވެރިވެފައެވެ. އަދި އަލަށް ވޯޓުލާ ކުދީންނަށް ޚާއްޞަކޮށްގެންވެސް ތަފާތު ގޭމްތަކެއް ކުރިއަށް ދިޔައެވެ. 

މި އިވެންޓުގައި ބޭއްވި މުބާރާތްތަކުން ވަނަ ހޯދި ފަރާތްތަކަށް ވަނީ އިނާމު ދީފައެވެ. ފީފާ-23 އީގޭމް މުބާރާތުން އެއްވަނަ ހާސިލްކޮށްފައިވަނީ ހާއިސް ޙުސައިން ޙީލްމީއެވެ. ހާއިސް މި މަޤާމު ހޯދީ 31 ކުޅުންތެރިންނާއި ވާދަކޮށްގެންނެވެ. މި މުބާރާތުން އެއްވަނައަށް ދާ ކުޅުންތެރިއަކަށްވަނީ 15،000 ރުފިޔާގެ އިނާމެއް ހުށަހަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.