ރޭގެ އިވެންޓްގެ ޒުވާނުންނާ މުޢިއްޒު ބައްދަލު ކުރެއްވުން--
ހަބަރު
29 Sep 2023 | 14:47
އަލަށް ވޯޓުލާ ގިނަ ޒުވާނުންތަކެއް ޑރ. މުޢިއްޒަށް ތާއީދުކޮށްފި

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު އަލަށް ލިބޭ އުމުރުން 18 އަހަރާ 23 އަހަރާ ދެމެދުގެ ގިނަ ޢަދަދެއްގެ ޒުވާނުން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ.

400 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވުމާއެކު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ސެޕްޓެމްބަރު 28 ވަނަ ދުވަހުގެރޭ ބޭއްވުނު ޒުވާނުންގެ މި ޚާއްޞަ އެއްވުމަށް ޑރ. މުޢިއްޒުގެ ދެކަނބަލުންނާ، އެމަނިކުފާނުގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ޒިޔާރަތްކުރައްވައިފައެވެ.

މި އިވެންޓުގައި ޒުވާނުންނާއެކު ގޭމް ކުޅުއްވުމުގައި ޑރ.މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އިވެންޓުގައި ބެހެއްޓިފައި ހުރި ފޮޓޯ ބޫތުގައި އަލަށް ވޯޓުލާ ގިނަ ޒުވާނުންނާ، އީ-ގޭމް ކުޅެން ޝައުގުވެރި ގިނަ ޒުވާނުންނާއެކު އެމަނިކުފާނު ވަނީ ފޮޓޯ ނަންގަވައިފައެވެ.

އެއްވެ ތިބި ޒުވާނުންނާ މުޚާޠަބުކުރައްވާ ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އީ-ސްޕޯޓްސް ގެ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

"ބައިނަލްއަޤްވާމީ ފެންވަރުގެ އީ-ސްޕޯޓްސް 3 އެރީނާ އަޅުގަނޑު ޤާއިމް ކޮށްދޭނަން. އެއީ ރާއްޖޭގެ އުތުރާ ދެކުނާ އަދި މާލެ ސަރަޙައްދުގައި." އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. މުޢިއްޒުގެ ވާހަކަފުޅުގައި ކުދިކުދި ތަންތަންކޮޅުގައި ވަރަށް ހާލުގައި އުޅޭ ޒުވާނުން ތިބިކަން ފާހަގަކުރެއްވިއެވެ. ޒުވާނުންނަށް ރަނގަޅު ހިޔާވަހިކަމާ، ތަޢުލީމާ ވަޒީފާގެ ފުރުޞަތުވެސް ބޭނުންކަމަށް ވިދާޅުވިއެވެ.

"ކައިވެނި ނުކޮށް ތިބޭ ޒުވާނުންނަށްވެސް އެޕާޓްމަންޓް ލިބޭނެގޮތް އަޅުގަނޑުމެންގެ ވެރިކަމެއްގައި ހަދާނަން. ވަރަށް އެކަށޭނަ ހެޔޮ އަގެއްގައި. އޭގެ ތެރޭގައި ސްޓޫޑިއޯ އެޕާޓްމަންޓްވެސް ހިމެނޭ."

ގެދޮރާއި ތަޢުލީމާއެކު ވަޒީފާގެ ފުރުޞަތުވެސް ޒުވާނުންނަށް ފަހިކޮށްދޭން ޖެހޭކަން ފާހަގަކުރައްވައި ޑރ. މުޢިއްޒު ވިދާޅުވީ،  އެކުއްޖެއްގެ ހުނަރު ބޭނުންކޮށްގެން އިންޓަރނޭޝަނަލް މާރކެޓްގައި ސެލަރ އެކައުންޓް ހުޅުވައި އާމުދަނީ ހޯދޭނެ ގޮތަށް ޕޭމަންޓް ސިސްޓަމް ގާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި ޒުވާނުންނަށްޓަކައި އިތުރު ވަޒީފާވެސް އުފައްދަވާނެ ކަމަށެވެ.

ރޭގެ މި އިވެންޓާއި ގުޅުވައިގެން ރާއްޖޭގެ އީ-ސްޕޯޓްސް ކޮމިޔުނިޓީއިން، "މުޢިއްޒު ފޮރ އީ-ސްޕޯޓްސް" ގެ ނަމުގައި ޚާއްޞަ މުބާރާތެއް ބާއްވާފައިވެއެވެ. ފީފާ23 އީ-ގޭމް ކުޅުމަށް ބޭއްވި މި މުބާރާތުގައި ރާއްޖޭގައި ތިބި އީ-ގޭމަށް އެންމެ ހުނަރުވެރި ޒުވާނުންގެ ތެރެއިން 32 ޒުވާނަކު ބައިވެރިވިއެވެ.

8 ގަޑިއިރަށް ދެމިގެންދިޔަ މި އީ-ގޭމް މުބާރާތުން 1 ވަނަ ހޯދީ ހާއިސް ޙުސައިން ޙިލްމީ އެވެ. މުބާރާތުގެ 1 ވަނައަށް ވަނީ 15000 ރުފިޔާގެ އިނާމެއް ހުށަހަޅާފައެވެ. މީގެ އިތުރުން، އަލަށް ވޯޓުލުމުގައި މިއަހަރު ބައިވެރިވާ ޒުވާނުންގެ މެދުގައިވެސް މުބާރާތްތަކެއް ބާއްވައި އިނާމު ދީފައިވެެެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.