މުޢިއްޒާއި އަނބި ކަނބަލުން ސާޖިދާ--
ހަބަރު
29 Sep 2023 | 15:59
މެއިޑާއި، ދޮންމަންމަގެ ވާހަކަތަކަށް މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާގެ އަސަރުގަދަ ރައްދެއް!

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒުގެ ގެކޮޅުގައި ގެންގުޅުއްވި މެއިޑް/މަސައްކަތު މީހާ އާއި، އެމަނިކުފާނުގެ ދޮންމަންމަ އާއި ގުޅުވައި ފަތުރަމުންދާ ދޮގު ވާހަކަތަކަށް އަނބިކަނބަލުން ސާޖިދާ މުހައްމަދު ރައްދު ދެއްވައިފިއެވެ. 

ޑރ. މުޢިއްޒުގެ ގޭގައި އުޅުނު މަސައްކަތު މީހަކު ދަންޖެހި މަރުވި މައްސަލައާއި މުޢިއްޒާއި ގުޅުވައި ބައެއް މީޑިއާތަކާއި އެމްޑީޕީ އެކްޓިވިސްޓުން ފެތުރި ވާހަކައާއި އަދި އެމަނިކުފާނުގެ ދޮންމަންމަ އަށް "އިހާނަތިކޮށް" ހިތިކަމަށް ބުނެ ފަތުރާފައިވާ ވާހަކަތަކަށް ރައްދު ދެއްވައި ދ. މީދޫގައި ބޭއްވުނު ކެންޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސާޖިދާ ވަނީ އެއީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. 

"މީހެއްގެ އަބުރު ކަތިލުމުގައިވެސް ހައްދެއް އޮންނާނެ. މި ލެވެލްއަށް ދިޔައީމާ ހަގީގަތުގައި މިއީ ވަރަށް ދެރަ ކަމެއް."

ސާޖިދާ ވިދާޅުވީ މެއިޑްގެ މައްސަލައިގައި އޭނާ ދަންޖެހި، ކަން ހިނގައި ދިޔަގޮތް ފުލުހުންގެ ތަހުގީގުން ރަނގަޅަށް ފެންނަން އޮންނާނެ ކަމަށާ، މިހާރުވެސް އެކަން ބަލައިފި ނަމަ، ކަމުގެ ހަގީގަތް ސާފުވާނެ ކަމަށެވެ. އަދި އެ މެއިޑުގެ ފިރިއެއްވެސް ހުންނަ ކަމަށާ، އެ މީހާވެސް ނިދައި އުޅުނީ އެ ގޭގައި ކަން ސާޖިދާ ފާހަގަކުރެއްވި އެވެ. 

މިފަދަ ކަމެއްގައި މިހާ ބޮޑު ދޮގުތަކެއް ހަދަމުންދާތީ އަޅުގަނޑު ހިތަށް އެރީ ހަމަ، ދަންނަވާލާނަމޭ. ހަގީގަތުގައި ވަރަށް ހިތްދަތިވޭ އެކަހަލަ ވާހަކައެއް ދެކެވެމުންދާތީ. ހަގީގަތާއި ޚިލާފަށް މީހެއްގެ އަބުރު ކަތިލުމަށްޓަކައި. 

މިއާއެކު، މުޢިއްޒުގެ ދޮން މަންމަ އާއި ގުޅިގެން ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތް ހާމަ ކުރައްވަމުން ސާޖިދާ ވަނީ އާއިލީ އެފަދަ ވާހަކަތައް ހާމަ ކުރުމަކީ މުޢިއްޒު އެހާ ހިތްހަމަ ނުޖެހޭ ކަމެއް ކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، ފަތުރަމުންދާ ހަގީގަތާއި ޚިލާފް ވާހަކަ ތަކުގެ ސަބަބުން ފިރިމީހާގެ ދިފާއުގައި ތެދު ހާމަ ކުރުމަކީ އޭނާއަށް މިހާރު މަޖުބޫރު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީ އެކަން ހާމަކުރައްވަން ބޭނުންވީ ކަމަށް ސާޖިދާ ވިދާޅުވި އެވެ. 

އެގޮތުން ސާޖިދާ ވިދާޅުވީ، މުޢިއްޒުގެ ދޮންމަންމަ އަކީ ސާޖިދާ އާއި މުޢިއްޒު ކައިވެނި ބައްލަވައިގަތް ފަހުން، މުޢިއްޒުގެ ބައްޕާފުޅު ކައިވެނި ބައްލަވައިގަތް މީހެއް ކަމަށެވެ. އެގޮތުން ކައިވެނި ބައްލަވައިގަންނަވައިގެން އެ ގެއަށް އައިސް ކަން ހިނގައި ދިޔަ ގޮތުގެ ތަފްސީލް ހާމަކުރައްވަން ބޭނުންފުޅު ނުވާ ކަމަށާ، އެހެން ނަމަވެސް، މުޢިއްޒުގެ ބައްޕަ ނިޔާވުމުން ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލް ދެއްވަންޖެހިފައިވާ ކަމަށް ސާޖިދާ ވިދާޅުވި އެވެ. 

"އެބޭފުޅާ (މުޢިއްޒުގެ ދޮންމަންމަ) އެދުނީ އެންމެ ގޮތަކަށް. އެއީ ލަންކާގައި ހުރި ހުރިހާ އެއްޗެއް، އަދި ބޭންކް އޮފް ސިލޯން ގައި ހުރި ހުރިހާ ލާރިއެއް ތިމަންނައަށް (ދޮންމަންމަ އަށް) ދޭށޭ. ހަގީގަތުގައި 1/8 ކަންނޭނގެ އިސްލާމްދީނުގައި އެފަދަ މީހަކަށް ވާރުތަ ވެގެންދާނީ. އެއީ ދަރިއަކުވެސް ނެތް މީހެއް. އަންހެނަކަށް ވީމާ. އެހެންނަމަވެސް، މުޢިއްޒު އެބޭފުޅާއަށް އެ ބޭފުޅާ ވިދާޅުވި އެއްޗެއް ދެއްވާފައި ނިންމާފައި ކޯޓުން ނިންމި މައްސަލަ މިހާރުވެސް އޮންނާނެ ފެމިލީ ކޯޓުގައި." 

"...އެގޮތުން ކެންޑީގައި ހުންނާނެ ގެސްޓްހައުސް އެއް ބައްޕަގެ. ކޮލޮންބޯގައި ހުންނާނެ. އަދި އޭގެ އިތުރުން ބައްޕަ ގަނޑުވަރެއް ގޮތަށް ކޮލޮމްބޯގައި ހަދާފައި ހުރި ގެއެއް ހުންނާނެ. އަދި ބައްޕަ ނިޔާވެގެން (ދޮންމަންމަ)އެ ކޮޅަށް ވަޑައިގަތީމަ، މުޢިއްޒަށް އެދިވަޑައިގަތީމާ، 8 ލައްކަ ރުފިޔާ ހަރަދުކޮށްފައި، ބައްޕަ ހެދި ގޭގައި އިތުރު ޓެރަސް އަކާއި ކޮޓަރިއެއް ހަދައި ދެއްވީ މުޢިއްޒުގެ އަމިއްލަ ލާރީގައި." މުޢިއްޒުގެ ބައްޕަ ނިޔާވުމުން ކަންކަން ވީގޮތް ކިޔައިދެއްވަމުން ސާޖިދާ ވިދާޅުވި އެވެ. 

ކަން މިހެން ހުރިއިރު، އެފަދައިން ދޮގު ވާހަކަތައް ފަތުރައި، ހަގީގަތް އޮޅޭ ގޮތަށް، މުޢިއްޒަށް ހުރިހާ އެއްޗެއް ލިބުނު ކަމަށް ދޭހަވާ ގޮތަށް ވާހަކަތައް ދެއްކުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ސާޖިދާ ވިދާޅުވި އެވެ. 

މީގެ އިތުރުން، މުޢިއްޒުގެ ދޮންމަންމަ ގެ ވިސާގެ މައްސަލާގައި ކަން ހިނގައިދިޔަ ގޮތްވެސް ސަޖިދާ ވަނީ ކިޔައިދެއްވާފައެވެ. 

"ވިސާ ކެންސަލްވެގެން އެބޭފުޅާ (ދޮންމަންމަ) އަށް ވަޑައިނުގެނެވުނީ. އަޅުގަނޑުމެންނަށްވެސް އޭރު ނޭގޭ ފިރިމީހާ މަރުވުމަށްފަހު ބޭރު މީހާގެ ވިސާގެ މުއްދަތު ވަކި މުއްދަތެއް ވީމަ ހަމަވާ ކަމެއް. އެހެންނަމަވެސް، އޭނާގެ ވިސާ އޮތީމާ، ހުންނެވި ހަތަރު މަސް ވަންދެން. ކޯޓު ކޭސް ނިމެންދެން ހުންނެވީ މާލޭގައި. އެއާޕޯޓް އަށް ދިޔަތަނުން އެނގުނީ އަސްލު މި ހުރެވުނީ ގަވާއިދާ ހިލާފަށް ކަން. އެއީ ވަކި މުއްދަތެއްގެ ތެރޭގައި ވިސާ އޮޓޯއިން ކެންސަލް ވަނީ. އެންމެ ފަހުން މުޢިއްޒު މެދުވެރި ވެގެން އެ ރަނގަޅު ގޮތުގައި ނުކުންނަން ފުރުސަތު ލިބުނީވެސް ރާއްޖެއިން." ސާޖިދާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.