ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ޕީޕީއެމް
ހަބަރު
29 Sep 2023 | 16:58
ޑރ. މުޢިއްޒު ދެއްވީ ޢަދުލުވެރި، ދެފުށްފެންނަ، ހިންގުންތެރި ވެރިކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން!

ވެރިކަމަކަށް އިންތިޚާބު ކޮށްދެއްވައިފި ނަމަ، ރައްޔިތުންގެ އުއްމީދުތައް ޙާސިލްވާ ޢަދުލުވެރި، އިންސާފުވެރި، ދެފުށްފެންނަ، ނަތީޖާ ނެރެދޭ، ހިންގުންތެރި ވެރިކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެންޕެއިން ނިންމާލައި، މަދަމާ ވޯޓުލާން ހަމަޖެހިފައިވާއިރު، އެކަމާއި ގުޅުވައި މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ރައްޔިތުން ގާތަށް ވަޑައިގަންނަވަނި އިޚްލާޞްތެރި ނިޔަތެއްގައި ގައުމުގެ މިނިވަންކަން ޔަގީންކޮށްދެއްވުމަަށްޓަކައި ކަމަށެވެ. އަދި އަނިޔާވެރިކަން ގައުމުން އެއްކޮށް ފޮހެލައްވާނެ ކަމަށާ، ކޮންމެ ރައްޔިތަކީވެސް ފުދުންތެރި ރައްޔިތަކަށް ހަދައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން މުޢިއްޒު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވަނީ، ވެރިކަން ހަވާލު ކުރައްވައިފި ނަމަ، ހުރިހާ ގޮތަކުން މިނިވަންކަން ޔަޤީންވެފައިވާ، އިޤްތިޞާދު ހަރުދަނާ ކުރެވިފައިވާ، ގެދޮރުވެރިކަން ޔަޤީންކޮށްދެވިފައިވާ، ފުދުންތެރި، ޢަބުރުވެރި، އެކަކު އަނެކަކަށް އަޅާލާ އޯގާތެރި ޤައުމެއް އަދި މުޖުތަމަޢުއެއް ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 

"އިންޝާ الله އަޅުގަނޑު ދޭ ޔަޤީން ކަމަކީ ރައްޔިތުންގެ އުއްމީދުތައް ޙާސިލްވާ ޢަދުލުވެރި، އިންސާފުވެރި، ދެފުށްފެންނަ، ނަތީޖާ ނެރެދޭ، ހިންގުންތެރި ވެރިކަމެއް ކޮށްދީ، ހުރިހާ ގޮތަކުން މިނިވަންކަން ޔަޤީންވެފައިވާ، އިޤްތިޞާދު ހަރުދަނާ ކުރެވިފައިވާ، ގެދޮރުވެރިކަން ޔަޤީންކޮށްދެވިފައިވާ، ފުދުންތެރި، ޢަބުރުވެރި، އެކަކު އަނެކަކަށް އަޅާލާ އޯގާތެރި ޤައުމެއް، މުޖުތަމަޢުއެއް ޤާއިމުކޮށްދޭނެކަން. އަޅުގަނޑުގެ ކެނޑިޑޭޓު ނަންބަރަކީ 4. ޝުކުރިއްޔާ!" ޑރ. މުޢިއްޒު ވިދާޅުވިއެެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15,000 އަށްވުރެ ގިނަ ވޯޓުގެ ބޮޑު ފަރަގަކުން، އެ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ޑރ. މުޢިއްޒު އެވެ. އެގޮތުން ބުރުގައި ޑރ. މުޢިއްޒަށް ލިބިލެއްވީ %46.06 އެވެ. އަދި ރައީސް ޞާލިހަށް ލިބިލެއްވީ %39.05 އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.