އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު
ހަބަރު
01 Oct 2023 | 09:01
ކޮންމެ ރައްޔިތަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް: ޑރ މުއިއްޒު

ދިވެހި ކޮންމެ ރައްޔިތަކީ އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހަމަހަމަ ރައްޔިތެއްކަމުގައި ދިވެހިރާއްޖޭގެ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

އިއްޔެ ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ކާމިޔާބުވެވަޑައިގެން ރޭ ބޭއްވި ނޫވެސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތީ ރައްޔިތުން އެދޭ ގޮތަށް ރާއްޖޭގެ ކަންކަން ކުރިއަށް ގެންދެވޭނެ ދުވަސްތައް ކަމުގައެވެ.

އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަން އިރާދަކުރެއްވިއްޔާ ހިމާޔަތް ކުރެވޭނެ. އަޅުގަނޑުމެންގެ އިގްތިސާދު އިރާދަކުރެއްވިއްޔާ ނަގައި ކޮޅަށް ޖެހޭނެ. އެހެންވީމަ ކުރިއަށް މިއޮތް ދުވަސްތަކަކީ ދިވެހި ލޮބުވެތި ރައްޔިތުން ތި އުންމީދުކުރައްވާ ގޮތަށް ގައުމު ކުރިއަށް ގެންދެވޭނެ ދުވަސްތައް

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު 


މީގެ އިތުރުން އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، އެމަނިފާނު ވެ ވަޑައިގަންނަވާނީ އިތުބާރު ދަމަހައްޓަވާ, ބަހާއި އަމަލާ ދިމާވާ، ރާއްޖޭގެ ރައްޔިތުން އެދޭގޮތަށް ކަންކަން ކުރައްވާ ރައީސެއްކަމުގައި ކަމަށެވެ. 

ވެރިކަން ބަދަލުވުމުން ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ ބަޔަކުވެސް އުޅޭނެކަން ފާހަގަކުރައްވައި ޑރ. މުއިއްޒު އެދިލެއްވީ ގައުމުގެ ކުރިމަގަށް ހުރަސް އެޅޭފަދަ އެއްވެސް ކަމަކަށް އަދި އެއްވެސް ހަމަނުޖެހުމަކަށް ފުރުސަތު ނުދެއްވުމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ޑރ. މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ 18،000 އަށްވުރެ ގިނަ ވޯޓުގެ ތަފާތާއެކު، ވޯޓުލެވޭ އާބާދީގެ 53.93 ޕަސެންޓު ހޯއްދަވައިގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.