އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު
ހަބަރު
01 Oct 2023 | 09:04
އިންތިޚާބީ ރައީސްގެ ފުރަތަމަބަސް! ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާ!

އިއްޔެ ބޭއްވުނު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ކާމިޔާބުވެވަޑައިގެން ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިއަށް އޮތް 5 އަހަރަށް ހޮވިވަޑައިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއަށް އިންތިހާބު ކާމިޔާބުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ފުރަތަމަކަށް ޕީޕީއެމް ލީޑަރ އަދި ކުރީގެ ރައީސް ޔާމީނު އަބްދުލްގައްޔޫމް ގެއަށް ބަދަލު ކުރެއްވުމަށް ގޮވާލައްވައިފިއެވެ. 

އަޅުގަނޑު މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަށް ވަރަށް އިޚްލާސްތެރިކަމާއި އަދަބުވެރިކަމާއި އެކީގައި ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު 

ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމް ޕީއެންސީގެ މެމްބަރުންނާއި ބައްދަލު ކުރައްވާ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ލިބުނު ކާމިޔާބީއާއި އެކު، އަވަސްވެގަންނާނީ ރައީސް ޔާމީން މިނިވަން ކުރުމަށް ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައިވެސް ވިދާޅުވަމުން ގެންދެވި ގޮތަށް އަބަދުވެސް އަމަލުތައް ބަހައްޓާނެ ކަމަށާއި ކޮންމެ ދިވެހި ރައްޔިތަކީ އެމަނިކުފާނުގެ ކުރިމަތީގައި ހަމަހަމަރައްޔިތެއް ކަމަށާއި، ކޮންމެ ޕާޓީއެއްގައި ހުއްޓަސް ދިވެހި ރައްޔިތަކަށް ވާނަމަ ލިބިގެންވާ ހައްގުތަކުން މަހުރޫމު ނުކުރައްވާނެ ކަމަށެވެ. އެހެންކަމުން އެއްވެސް ރައްޔިތަކު ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ނުކުރެއްވުމަކީ ވަރަށްބޮޑު އެދުމެއް ކަމަށްވެސް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

އުފާ ފާޅު ކުރިނަމަވެސް މިދެންނެވިބީދައިން ކުރިއަށްދާން ބޭނުންވަނީ. އަޅުގަނޑުިމެންގެ އުޅުމާއި ގުޅުމަކީ ރިވެތި އަޙްލާގާގުގެ ތެރެއިން ކުރިއަށް ގެންދާ ކަމަކަށްވާން ޖެހޭ

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު 


މީގެ އިތުރުން ކުންފުނިތައް އުވާނުލާނެ ކަމަށާއި، އެއްވެސް މުއައްޒަފަކު މަގާމުން ވަކި ނުކުރާނެ ކަމުގެ ޔަގީންކަމާއެކު ޑރ މުއިއްޒު ވަނީ މި ނޫނަސް ގިނަ ވައުދުތަކެއް ވެލައްވާފައެވެ. މައިގަނޑު ގޮތެއްގައި މުއިއްޒު ވިދާޅުވަނީ އެބޭފުޅާ ރައްޔިތުންނަަަށް ވެވަޑައިގެންނެވި ހުރިހާ ވައުދުތައް ފުއްދައިދެއްވާނެކަމަށެވެ. އަދި ގައުމުގެ މަސްލަހަތާއި މިނިވަންކަން ދިފާއު ކުރާނެ ކަމަށާއި، ގެއްލިފައިވާ މިނިވަންކަން ހޯދުމަށް އެއްބައިވަންތަކަން އިސްކުރާނެ ކަމަށެވެ. 

މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙުއާއި ވާދަކުރައްވައި ޑރ. މުޢިއްޒު ކުރި ހޯއްދަވާފައިވަނީ 126,265 ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޞާލިޙުއަށް މި އިންތިޚާބުގައި ލިބިވަޑައިގަތީ 105,158 ވޯޓެވެ.
ޑރ. މުއިއްޒުއަށް ލިބިވަޑައިގެންނެވި ކާމިޔާބީއާ ގުޅިގެން ރައީސް ޞާލިޙް ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވައި އިންތިޚާބުގެ ދުވަސްވަރު ދެއްކެވި ޑިމޮކްރަޓިކް ރީތި ނަމޫނާއަށް ޝުކުރުދަންނަވައި ޓްވީޓު ކުރައްވާފައެވެ.




ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.