ރައީސް ޔާމީން ގެއަށް ބަދަލު ކުރުން-- ފޮޓޯ/ ވޮއިސް
ހަބަރު
01 Oct 2023 | 16:19
ރައީސް ޔާމީން ގެއަށް ބަދަލުކޮށްފި!

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ ރައީސް ޔާމީން އަބްދުލްގައްޔޫމް ދާދި ދެންމެއަކު ގެއަށް ބަދަލުކޮށްފިއެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރި އިރު އެމަނިކުފާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ، މަރުހަބާ ދަންނަވަން އެމަނިކުފާނުގެ ގެ ހުންނަ ސަރަހައްދު ފުރާލާފައެވެ. އެންމެންގެ މޫނު މަތިން އުފާވެރި ކަމުގެ ހިނިތުންވުމާއި ކަރުނަ ދިޔައީ ފެންނަމުންނެވެ. 

އަދި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އިސްތިގުބާލުގައި ތިއްބެވި ލީޑަރޝިޕްގެ ބޭފުޅުންނާއި ސަޕޯޓަރުންނާއި ސަލާމް ކުރައްވާފައެވެ. 

މިކަމާއި ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަނީ، ވ އާރަށް މައްސަލާގައި އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާއިރު، މިހާރު ހައިކޯޓުގައި އޮތް އެ މައްސަލައިގެ އިސްތިއުނާފު ވޭހާވެސް އަވަހަށް ނިންމައި ހުކުމް ކުރުމަށް އެދިލައްވާފައެވެ. 

ރައީސް ޔާމީން ގެއަށް ބަދަލު ކޮށްފައިވާއިރު، އިއްޔެ ބޭއްވުނު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ކާމިޔާބުވެވަޑައިގެން ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިއަށް އޮތް 5 އަހަރަށް ހޮވިވަޑައިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއަށް އިންތިހާބު ކާމިޔާބުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ފުރަތަމަކަށް ޕީޕީއެމް ލީޑަރ އަދި ކުރީގެ ރައީސް ޔާމީނު އަބްދުލްގައްޔޫމް ގެއަށް ބަދަލު ކުރެއްވުމަށް ވަނީ ގޮވާލައްވަާފައެވެ. 

"އަޅުގަނޑު މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަށް ވަރަށް އިޚްލާސްތެރިކަމާއި އަދަބުވެރިކަމާއި އެކީގައި ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް" ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުޢިއްޒު ވިދާޅުވިއެެވެ. 

ޑރ. މުއިއްޒު ވިދާޅުވީ ލިބުނު ކާމިޔާބީއާއި އެކު، އަވަސްވެގަންނާނީ ރައީސް ޔާމީން މިނިވަން ކުރުމަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.