ރޭގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ވޮއިސް
ހަބަރު
03 Oct 2023 | 11:06
"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ "ޕްރޯ މޯލްޑިވްސް" ސިޔާސަތު؛ އެއަށް ތަބާވާ ގައުމުތަކާ ގުޅުން އޮންނާނެ"

އެމަނިކުފާނުގެ ވެރިކަމެއްގައި އޮންނާނީ ޕްރޯ- މޯލްޑިވްސް ޚާރިޖީ ސިޔާސަތުކަމަށާއި އެއަށް ތަބާވާ ހުރިހާ ގައުމަކާއި އެކު ގުޅުން އޮންނާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަަށް ޑރ. މުޢިއްޒު އިންތިޚާބުވެ ވަޑައިގެންނެވުމާއި ގުޅިގެން އިންތިޚާބުވުމާ ގުޅިގެން އުފާ ފާޅުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ރައީސް ކަމަށް އިންތިހާބު ވުމާއި ގުޅިގެން ރާއްޖޭގައި ތިބި އެކި ގައުމު ތަކުގެ ސަފީރުން ބައްދަލު ކުރެއްވުމަށް އެދި ލައްވަމުންދާ ކަމަށެވެ.

"މި ޓްރާންސިޝަން ޕީރިއަޑުގެ ތެރޭގައިވެސް އެކި އެކި ބޭރު ގައުމުތަކުގެ ސަފީރުން ބައްދަލުވުންތަކަށް އެދެމުން އެބަ ދޭ، ކަނޑައެޅިފައި އޮންނަ އުސޫލަކުން ހަމަ ތަކުން އެ ބޭފުޅުންނާ ބައްދަލުކުރާނަން، އެންމެ އަވައްޓެރި ގައުމުތަކާވެސް ބައްދަލުކުރާނަން" އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިއާއެކު ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އިސްކުރައްވާނީ ދިވެހި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރެވޭ ސިޔާސަތުކަމަށާއި އެ ޚާރިޖީ ސިޔާސަތު ވާނީ ޕްރޯ މޯލްޑިވްސް ސިޔާސަތަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ ޕްރޯ މޯލްޑިވްސް ސިޔާސަތު ޕްރޯ މޯލްޑިވްސް ސިޔާސަތަށް ތަބާވާ ހުރިހާ ގައުމަކީ އަޅުގަނޑުމެންނަށް ގާތް ރަހުމަތްތެރި ގުޅުން އޮންނާނެ ގައުމުތަކަކަށް ވާނެ"

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު 

ޑރ. މުއިއްޒު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމަކީ ދިވެހިންގެ އަމިއްލަ ވަންތަކަމަށް އިހްތިރާމް އަދާކުރަން ބޭނުންވާނެ އަދި ދިވެހިންނަށްވެސް ދިވެހިންގެ މިނިވަންކަން ހިމާޔަތްކުރުމުގެ ހައްގު ލިބިގެންވާނެކަން ގަބޫލުކުރާނެ ގައުމުތައްކަމަށް ވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

"މި ގައުމުގައި ތިބި ބޭރު ސިފައިން އިރާދަކުރެއްވިއްޔާ ހަމަތަކުގެ ތެރެއިން މިގައުމުން ފޮނުވާލާނަން. އަޅުގަނޑަށް ޔަގީން އެކަން ހާސިލްވާނެކަން. މިދެންނެވި ގޮތުން މިދެންނެވި ސަބަބަށްޓަކައި. އެ ސިފައިން މިތަނުގައި ބައިތިއްބައިގެން ތިބި ގައުމުތަކުން އެކަން ބޭނުމެއް ނުވާނެ އަޅުގަނޑުމެން ބޭނުން ނުވަންޏާ. ދިވެހިން އެ އޮތީ ނިންމާފައި ބޭނުން ނުވާ ކަމަށް"

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު 

"އަޅުގަނޑުމެންގެ އިހްސާސްތަކާ ދެކޮޅަށް ބޭރު ސިފައިންނަށް މިގައުމުގައި ނުތިބެވޭނެ، އަޅުގަނޑާ ބައްދަލުކުރަން ވަޑައިގަންނަ ސަފީރަށް ދަންނަވަން އޮތީ މި ހަމަތަކުގެ މަތިން އަޅުގަނޑުމެންނާ ވަރަށް ގާތް ގުޅުން އޮންނާނޭ" އިންތިޚާބީ ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.

މުޢިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ އެމަނިކުފާނަކީ ޕްރޯ ޗައިނާ ކެންޑިޑޭޓެއް ކަމަށް ބޭރުގެ މީޑިއާ ތަކުން ސިފަކޮށް ވާހަކަދައްކަވަމުންދާ ދަނޑިވަޅެއްގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.