އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު
ހަބަރު
03 Oct 2023 | 10:43
އަޅުގަނޑުގެ މައްޗަށް ރައްޔިތުން ނޫން ބައެއްގެ ބާރެއް ނުހިންގޭނެ: އިންތިޚާބީ ރައީސް

ހިނގަމުން މިދާ ސަރުކާރުގެ މައްޗަށް އެހެން ބައެއްގެ ބާރު އޮތް ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެމަނިކުފާނުގެ މައްޗަށް އެއްވެސް ބައެއްގެ އެއްވެސް ބާރެއް ނުހިންގޭނެ ކަމަށާއި ހިނގާނީ ރައްޔިތުންގެ ބާރު ކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުން ލިބިވަޑައިގެން ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ކުރުމަށް އެކުލަވާލާ ކެބިނެޓް ވާނީ ހީވާގި ޓީމެއް ކަމަށާއި ކެބިނެޓްގައި ތިއްބަވާނީ މި މަސައްކަތް ކުރެއްވޭނެ ހީވާގި، ތަޖުރިބާ ހުރި، ތައުލީމީ ބޭފުޅުން ކަމަށެވެ.

ރެއާއި ދުވާލު މަސައްކަތް ކުރައްވާނެ އެ ބޭފުޅުން. ކޮންމެ ގަޑިއަކު ވަކި ކަމެއް ހިނގަނީ ކިހިނެއްތޯ އަހާލަން ފޯނު ކޮށްފިއްޔާ ޔަގީނުން ވެސް ފޯނު ނަންގަވާނެ. އެހެންވީމަ އެހާ ހީވާގި ބޭފުޅުން ތިއްބަވާނީ. ކުންފުނިތައް ހިންގަވަން ވެސް ތިއްބަވާނީ އެފަދަ ބޭފުޅުން

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު 

މީގެ އިތުރުން 33 ބިލިއަން ރުފިޔާގެ ދަރަންޏާ އެކު، ކުންފުނިތައް ވަނީ ބަނގުރޫޓުވެފައިވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ކުންފުނިތަކުގެ ވެރިންނަށް ވެސް އައްޔަން ކުރައްވާނީ އެ ތަންތަން ނަގާ ކޮޅަށް ޖެހޭނެ ވަރުގެ މަސައްކަތް ކުރެއްވޭނެ ބޭފުޅުން ކަމުގައެވެ. 

މުއިއްޒު ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅުގައި މުސްތަގުބަލު އުޖާލާ ކުރުމަށާއި ދަރިންގެ ހައްގުގައި މިނިވަންކަން ޔަގީން ކުރުމަށްޓަކައި ރައްޔިތުން ކުރެއްވި ގައުމި މަސައްކަތަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވައިފައެވެ.

މިހާރު ކަނޑައެޅިފައި އޮތް ގޮތުން ނަމަ، މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އަދު ޓްރާސްސިޝަނަލް ކަންކަމަށް އުފައްދާފައިވާ ކޮމެޓީގެ ޗެއާ އަކީ އަބްދުއްރަހީމެވެ. ސަރުކާރުން ވަނީ ޓްރާންސިޝަނަލް މުއްދަތުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.