އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު
ހަބަރު
03 Oct 2023 | 11:25
ދެން ކޮންމެ ޢީދެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަކުބީރުގެ އަޑު ގުގުމާލާނެ: އިންތިޚާބީ ރައީސް

ކޮންމެ އީދެއްގައި މުޅި ރާއްޖޭގެ ކަންކޮޅުތަކުން ތަކުބީރުގެ އަޑު ގުގުމާލާނެ ކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރައްޔިތުންނާއި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންތިޚާބީ ރައީސް. ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ، އިސްލާމީ ވަންތަކަން ދިރުވާ އާލާކުރަން ބޭނުންވާ ބައެއް ކަމަށެވެ.   

އެގޮތުން ފާއިތުވި ޢީދުގައި މާލެ ސިޓީގައި ދިއްލި ބޮކިތަކުންނާއި ގުގުމާލި ތަކުބީރުގެ އަޑުތަކުން ރައްޔިތުންގެ ހިތަށް ލިބުނު އުފާ، އެފަރާތްތަކުން ހާމަކުރަމުންދިޔަ ޝުއޫރުތަކުން ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފައިވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ރައްޔިތުންނަށް އެ ފުރުސަތު ނުދީ އޮތީމަ އެކަމެއް ފާޅެއް ނުވާނެ

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު 

އެގޮތުން ފާއިތުވި ޢީދުގައި އެކަން މާލޭސިޓީގައި ކުރިއަށް ގެންދިޔަ ނަމަވެސް ކުރިއަށް ހުރި ޢީދުތަކުގައި އެ މަސައްކަތް ރާއްޖޭގެ ހުރިހާ ސިޓީތަކާއި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި ކުރިއަށް ގެންދާނެކަމުގައި ޑރ މުޢިއްޒު ވިދާޅުވިއެވެ.

ކެރިފޯރުންތެރިކަން ސަރުކާރަށް ލިބޭ ވަރަކުން މިއަށްވުރެވެސް ފުޅާ ގޮތެއްގައި އެކަން ކުރާނަން 

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު 

 މިއަހަރުގެ އަޟްހާ އީދަށް މާލޭގެ އެކި ހިސާބުތަކުގައި ސްމާޓް ސްޓްރީޓް ލައިޓްތައް ދިއްލާލައި އެ ލައިޓްތަކުން ތަކުބީރުގެ އަޑު އިވޭ ގޮތް މާލެ ސިޓީ ކައުންސިލުން ހެދީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

މި ޑިޒައިންތަކަކީ މާލެ ސިޓީ ކައުންސިލުން އަމިއްލަ އަށް ތައްޔާރު ކުރި ޑިޒައިންތަކެކެވެ. މާލެ ސިޓީ ދިއްލާލައި ތަކުބީރުގެ އަޑުން ގުގުމާލަން ނިންމީ މާލޭގައި އީދެއް ފާހަގަ ކުރާ ކަން އިހްސާސްކޮށް ދިނުމާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އީދުގެ އުފާވެރި ކަން ގެނެސް ދިނުމުގެ ބޭނުމުގައެވެ.

މާލެ ތެރެ ޒީނަތްތެރިކުރުމުގެ ގޮތުން ލައިޓްތައް އެންމެ ގިނަ އިން ހަރު ކުރީ މާލޭގެ ރިންގް ރޯޑް މަގުގައި ނުވަތަ ބޮޑުތަކުރުފާނު މަގުގައެވެ.

ރިންގްރޯޑްގެ އިތުރުން މަޖީދީ މަގާއި ޖުމްހޫރީ މައިދާން ފަދަ ތަންތަނުގައި ލައިޓް ހަރު ކުރިއެވެ. މި ލައިޓްތަކުގެ އިތުރުން މަގު ހުރަސްކޮށް، "ގިޑިގެ" ގޮތަށް ލައިޓްތަކެއް ވެސް ހަރުކޮށްފައިވެއެވެ.

އަޟްހާ އީދުގައި މާލެ ތެރެ ޒީނަތްތެރި ކުރުމުންނާއި ތަކުބީރުގެ އަޑުން ގުގުމާލުމާ ގުޅިގެން ގިނަ ބައެއްގެ ތައުރީފް އޭރު ސިޓީ ކައުންސިލަށް ލިބިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.