އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ޗައިނާ ސަފީރާ ބައްދަލުކުރެއްވުން--ފޮޓޯ/ ޕީޕީއެމް
ހަބަރު
04 Oct 2023 | 15:58
ޑރ. މުއިއްޒު ޗައިނާ ސަފީރާއި ބައްދަލު ކުރައްވައިފި!

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާ ސަފީރު ވަންގް ލިޒިންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައި މިއަދު މެންދުރު 14:00 ގައި ބޭއްވުނު މި ބައްދަލުވުމައި އިންތިޚާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، ޗައިނާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވަވައި، ފެށިގެންދާ އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއި ބައިވެރިވުމަށް އެދިވަޑައިގެންނެވިއެވެ. 

ޗައިނާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-ޗައިނާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވެވިއެވެ.

މިއީ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން މުއިއްޒު ބައްދަލުކުރެއްވި ދެވަނަ ޑިޕްލޮމެޓެވެ.

އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ބްރިޓިޝް ހައި ކޮމިޝަނަރު ކެރޮން ރޮސްލާއާ އެވެ. އޭނާއާއި ބައްދަލު ކުރެއްވީ މިއަދު ހެނދުނުއެވެ.

ޗައިނާ ސަފީރާ ޑރ.މުޢިއްޒު ބައްދަލު ކުރައްވާފައިވާއިރު، މުޢިއްޒު ވެރިކަމަށް އިންތިޚާބުވެ ވަޑައިގެންނެވުމާއި އެކު ބޭރުގެ މީޑިއާ ތަކުން އެމަނިކުފާނު ސިފަ ކުރައްވާފައި ވަނީ "ޕްރޯ ޗައިނާ" ކެންޑިޑޭޓުގެ ގޮތުގައެވެ.

އެފަދައިން ބޭރުގެ މީޑިއާ ތަކުން ސިފަކޮށްފައި ވަނީ ޗައިނާގެ އެ މަނިކުފާނު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ވެރިކަން ކުރެއްވި ދުވަސްވަރު އެ މަނިކުފާނު ބޮޑަށް ބަރޯސާވެފައިވަނީ ޗައިނާއަށް ކަމަށްވާތީއެވެ. އެގޮތުން ޔާމީން ސަރުކާރުގައި ޗައިނާގެ އެހީތެރިކަމާއެކު މިހާތަނަށް ރާއްޖޭގައި ހިންގާފައި ނުވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަވައިފައިވާއިރު އެ ބޮޑެތި މަޝްރޫއުތައް ހިންގެވި ވަޒީރެއްގެ ގޮތުގައި ހުންނެވީ މުއިއްޒެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.