ރައީސް ނަޝީދު އަދި އިންތިޚާބީ ރައީސް ޑރ މުޢިއްޒު. ފޮޓޯ: މަޖިލިސް
ހަބަރު
07 Oct 2023 | 15:50
ޑރ މުޢިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ އަށް ދައުވަތު ދޭނަން: ނަޝީދު

އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ރައީސް ކަމުގެ މަޤާމާއި ހަވާލުވެ ވަޑައިގަތުމަށް މަޤާމުގެ ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތައް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދައުވަތު ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ އިންޑިޔާގެ ނޫހެއް ކަމަށްވާ  "ދަ ހިންދޫ" އަށް ދެއްވި އިންޓަރވިއު އެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅާ ޤަބޫލް ކުރައްވާ ގޮތުގައި އިންތިޚާބީ ރައީސް ވެވަޑައިގަންނަވާނީ ގިނަ ބަޔަކަށް ހީވެފައިވާ ފަދައިން "އެންޓި އިންޑިޔާ" ނުވަތަ "ޕްރޯ ޗައިނާ" ބޭފުޅަކަށް ކަން ޤަބޫލު ނުކުރައްވާ ކަމަށެވެ.

އިންޑިޔާގެ ބޮޑު ވަޒީރު ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރައީސް ކަމަސް ހުވާ ކުރެއްވެވި ރަސްމިއްޔާތުގައި ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

"ދަ ހިންދޫ" އަށް ދެއްވި އިންޑީޔާ އަށް އިންޓަރވިއުގައި ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ބައިނަލް އަޤްވާމީ މީޑިއާ ތަކުން ރާއްޖޭގެ އިންތިޚާބަކީ އިންޑިޔާ އާއި ޗައިނާ އާއި ދެމެދުގައި އޮތް ހަނގުރާމައެއް ގެ ގޮތުގައި ސިފަ ކޮށްދީފައިވާ ކަމަށާއި، އަދި ޑރ މުޢިއްޒަކީ "ޕްރޯ ޗައިނާ" ނުވަތަ "އެންޓި އިންޑިޔާ" ބޭފުޅެއް ގޮތުގައި ސިފަކޮށްފައިވާ ކަމަށެވެ. އަދި އެއީ މުޅިއެކުން ހަޤީޤަތް ކަމަށް އެމަނިކުފާނު ޤަބޫލް ނުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ޑރ މުޢިއްޒު ރައީސް ކަމަށް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތު ރާވައި އިންތިޒާމް ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ ހައިސިއްޔަތުން ރައީސް ނަޝީދެވެ.

ކޮމެންޓް
އަހުމަދު
އިންޑިއާ އައުޓަށްވުރެން މިހާރު "ނަޝީދު އައުޓް" މާ މުހިންމު.
08 Oct 2023
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.