އިންތިގާލީ ތަރުޖަމާނު ފިރުޒުލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
07 Oct 2023 | 18:03
އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލަން ނިންމި ނިންމުމަށް އިންޑިއާ ސަފީރު އިޚްތިރާމްކުރޭ: އިންތިޤާލީ ތަރުޖަމާނު

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްވެ ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް އިންޑިއާގެ ސަފީރު އިޚްތިރާމުކުރައްވާކަމަށް ވިދާޅުވެފައިވާކަން އިންތިޤާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ. 

ފިރުޒުލް މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުހަލާ ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފްރެންސްގައި ވާހަކަދައްކަވަމުންނެވެ. 

ފިރުޒުލް ވިދާޅުވީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ސިފައިން ތިބެން ރައްޔިތުން ބޭނުންނުވާކަމަށް އިންތިޚާބީ ރައީސް ޑރ މުއިއްޒު އިންޑިއާގެ ސަފީރުގެ އަރިހުގައި ދަންނަވާފައިވާ ކަމަށެވެ. އަދި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލަން އެމަނިކުފާނު ނިންމަވާފައިވާކަން ވެސް ހާމަކުރައްވާފައިވާ ކަމަށެވެ. 

އެއާއެކު އިންޑިއާ ސަފީރުވެސް އެ ނިންމެވުމަށް އިޚްތިރާމު ކުރައްވާކަން ހާމަކުރައްވާފައިވާ ކަމަށާއި، އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އިޚްތިރާމުކުރާނެކަން ހާމަކުރައްވާފައިވާކަމަށް ފިރުޒުލް ވިދާޅުވި އެވެ. 

"ދިވެހި ރައްޔިތުންގެ ނިންމުން ވަރަށް ސާފުކޮށް އިންތިހާބީ ރައީސް ދެންނެވި. އެއީ އިންޑިއާ ސިފައިން މިތާ ގާއިމްވެ ތިބުމަށް ނޭދެކަން. އިންޑިއާ ސަފީރު ވިދާޅުވެ ދެއްވާފައިވޭ އެ ނިންމުމަށް އިހްތިރާމް ކުރައްވާނެ ކަމަށް. އަދި ހަމަ އެހެންމެ ދިވެހިރާއްޖޭގެ ސިޔާދަތަށް އިހްތިރާމް ކުރައްވާނެ ކަމަށް"

އިންތިޤާލީ ތަރުޖަމާނު ފިރުޒުލް

ފިރުޒުލް އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އިންޑިއާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ވެސް ލުއި ގޮތްތަކެއް ހަމަޖެއްސުމާއި ގުޅޭގޮތުން އިންތިޚާބީ ރައީސްއާއި ސަފީރާއި ވާހަކަތައް ދެކެވިފައިވާ ކަމަށެވެ. އަދި އެކަމުގައި ވެސް އިންޑިއާގެ އެއްބާރުލުން ދެއްވާނެކަމަށް ސަފީރު ވިދާޅުވެފައިވާ ކަމަށެވެ. 

ޑރ މުއިއްޒު ވިދާޅުވެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ފުރިހަމައަށް އިޚްތިރާމުކުރާ ހުރިހާ ގައުމުތަކާއެކު ވެސް ހަމަހަމަ ޚާރިޖީ ގުޅުންތައް ބާއްވާނެ ކަމަށެވެ. އަދި ދޭދޭ ގައުމުތަކާއި ގުޅުން ބޭއްވުމުގައި ތަފާތުކުރުންތައް ނުގެންގުޅުއްވާނެ ކަމަށެވެ. 

އެމަނިކުފާނު ވަނީ މިހާތަނަށް ނުވަ ގައުމެއްގެ ސަފީރުންނާއި ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. 

ކޮމެންޓް
1206
ތިކި ޖަހަންޏާ ރަނގަޅަށް ތިކި ޖަހާ
07 Oct 2023
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.