ޕީޖީގެ އެދުމަށް، ރައީސް ޔާމީންގެ މިއަދުގެ އިސްތިއުނާފް އަޑުއެހުންވެސް ކެންސަލް!
ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ކުރި ހުކުމާ ގުޅިގެން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގައި މިއަދަށް ތާވަލް ކުރި އަޑުއެހުންވެސް ކެންސަލް ކޮށްފިއެވެ.
ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު މެންދުރު ފަހު 2 ޖަހާއިރު ބޭއްވުމަށް ތާވަލު ކުރެވިފައިވާ، ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރައްވާފައިވާ މައްސަލައިގެ އަޑު އެހުން ކެންސަލް ކުރެވިފައިވާ ކަމަށާ، މިއަދުގެ އަޑު އެހުންވެސް ކެންސަލް ކުރެވިފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ އެދިވަޑައިގަތުމަށް ކަމަށެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް ސެޕްޓެމްބަރު 21 ވަނަ ދުވަހު ވެސް ވަނީ ތާވަލް ކޮށްފައެވެ. ނަމަވެސް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ އެދިވަޑައިގަތުމަށް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. އެފަހުންވެސް ތާވަލް ކުރުމަށްފަހު ސަރުކާރު ބަންދުވުމުންވެސް އަޑު އެހުމެއް ކެންސަލް ވިއެވެ.
ރައީސް ޔާމީންގެ އާރަށު އިސްތިއުނާފް ގެ މައްސަލަ މިހާރު ނިމުމަކާއި ގާތް ވެފައިވާއިރު، މިހާރު އެމަނިކުފާނު ހުންނެވީ އެ މައްސަލާގައި ކުރި ޖަލު ހުކުމް ލުއިކޮށް ގޭ ބަންދުގައެވެ. އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވީ އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ގެ އެދިލެއްވުމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists