އަބްދުއްރަހީމް ޕީޕީއެމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ދެން
ހަބަރު
09 Oct 2023 | 17:53
ޑިމޮކްރެޓްސްއިން މަޝްވަރާ ދިނީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް: އަބްދުއްރަހީމް

ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް ޑިމޮކްރެޓްސްއިން މަޝްވަރާ އަރުވާފައިވާކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އެކުލަވާލި އިންތިޤާލީ ކޮމެޓީގެ ޑިރެކްޓާ ޖެނެރަލް އަދި އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ޑރ މުއިއްޒުގެ ސަރުކާރު ހިންގުމާއި ގުޅޭގޮތުން ދަ ޑިމޮކްރެޓްސްއާއި އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ނެވެ. 

އަބްދުއްރަހީމް ވިދާޅުވީ ރަނގަޅު ސަރުކާރެއް ހިންގުމާއި ގުޅޭގޮތުން ދަ ޑިމޮކްރެޓްސްގެ ލަފާ މަޝްވަރާ މިހާރު އަރުވާފައިވާ ކަމަށެވެ.

އެގޮތުން އެބޭފުޅުންނަކީ ވެސް ރަނގަޅު ސަރުކާރެއް ހިންގުމުގެ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ތިއްބެވި ބޭފުޅުންކަމަށާއި، އެގޮތުން ހެޔޮވެރިކަމެއް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އަދި ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ޑިމޮކްރެޓްސްގެ ފަރާތުން މަޝްވަރާ އަރުވާފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"އެބޭފުޅުންނަށް ކުރެވިފައި ހުރި ތަޖުރިބާ އަޅުގަނޑުމެންނާއި ހިއްސާކުރެއްވީ. ދިމާވެފައި ހުރި އެކި މައްސަލަތަކާއި، އަދި ހަމައެއާއެކީގައި ދެން އޭގެ އަލީގައި ކުރިއަށް ދިއުމުގައި ކުރިއަށް ދާންވީ ގޮތް އެބޭފުޅުން އަޅުގަނޑުމެންނާއި ހިއްސާކުރެއްވީ. އެބޭފުޅުންވެސް ބައިވެރިވެގެން މިކަން ރަނގަޅުކުރަން ބޭނުންވާ ވާހަކަ. ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގެ ގޮތުގައި ހިނގާ ވަރަށް ރަނގަޅު ސަރުކާރެއް އޮންނަން އެބޭފުޅުން ބޭނުންފުޅުވާ ވާހަކަ ތަކުރާރުކޮށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ވެސް ވިދާޅުވީ"

އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމްގެ އިތުރުން ޑިމޮކްރެޓްސްގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން ހަސަން ލަތީފު މީޑިއާއަށް ވިދާޅުވީ ޑރ މުއިއްޒުގެ ސަރުކާރު ހިންގުމަށް ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދިނުމަށް ޑިމޮކްރެޓްސް ތައްޔާރަށް ތިބިކަމަށެވެ. 

ޑރ މުއިއްޒުގެ ސަރުކާރަކީ ބާރުވެރި ރައްޔިތުންނަށް ޚިދުމަތްތަކެއް ދެވޭނެ ސަރުކާރެއްގެ ގޮތުގައި އުފެދި ހަމަޖެހޭ ސަރުކާރެއް އުފެެއްދުމަށް ޑިމޮކްރެޓްސްގެ ވިސްނުންތަކެއް ގެންގުޅޭކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. އަދި ސަރުކާރަށް މަޖިލީސްތެރެއިން ވެސް ދޭންޖެހޭ އެހީތެރިކަން ދިނުމަކީ މުހިންމު ކަމެއް ކަމަށާއި، އެކަންކަން ކުރެވޭނެ ގޮތްތަކާއި ދޭތެރޭ އެ ޕާޓީންވެސް ވިސްނުންތަކެއް ގެންގުޅޭކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

އަބްދުއްރަހީމްއާއެކު ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގެ ބޭނުމަކީ ޑރ މުއިއްޒުގެ ސަރުކާރާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކެއް ހޯދުންކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.