ޚަދީޖާ ނަޖީހާ--
ހަބަރު
11 Oct 2023 | 09:34
ޕާކިސްތާނުގެ ސަފީރަކަށް ނަޖީހާ ހަމަޖައްސަން މަޖިލީހަށް!

ރާއްޖެ އިން ޕާކިސްތާނަށް ކަނޑައަޅާ އާ ސަފީރަކަށް ޚަދީޖާ ނަޖީހާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ސަރުކާރުން ހުށަހަޅައިފި އެވެ.

ނަޖީހާ ޕާކިސްތާނުގެ ސަފީރުކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މަޖިލީހަށް ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާއްމު ވަނީ އިއްވަވާފައެވެ. އަދި އެ މައްސަލަ ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ޕާކިސްތާނުގެ ސަފީރަކު އައްޔަނު ކުރަން އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ ސިޓީއެއް މަޖިލީހަށް ފޮނުވާފައިވާއިރު، އިއްޔެގެ މަޖިލީހުގައި ވެސް ވަނީ ބަންގްލަދޭޝް އާއި ޔޫއޭއީ އަށް އާ ސަފީރުން ކަނޑައަޅަން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދަން ސަރުކާރުން ހުށަހަޅައިފަ އެވެ. އެ ދެ މައްސަލަ ވެސް ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވައިފަ އެވެ.

އައު ސަފީރަކު އައްޔަނު ކުރަން ރައީސް ޞާލިހު ފޮނުއްވާފައި ވާއިރު، އައު މަގާމު ތަކަށް މީހުން ނުނެގުމަށް އެދި އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދާދިފަހުން ސިޓީއެއްވެސް ފޮނުއްވާފައެވެ. 

އަދި އިއްޔެ އައު ދެ ސަފީރުންނަށް ރުހުންދޭން މަޖިލީހަށް ހުށަހެޅުމުން އިންތިހާބީ ރައީސްގެ ތަރުޖަމާނުވެސް އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jul 2026
ހަތް އަހަރަށް ފަހު މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
ޝެއިޚް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.
10 Jul 2026
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް: ފަސް މީހަކަށް އަނިޔާވި، ދޯނި މަޑުނުކުރި
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ފަސްމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
09 Jul 2026
ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަަށް އަނިޔާ
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
09 Jul 2026
ޑރ. ފަޒުނާ ނިޔާވުން: ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަދި މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
09 Jul 2026
"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.
09 Jul 2026
ތިނަދޫ "ޖަޒީރާ" ބޯޓް ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް, ބައެއް ތަކެތި އޮޔާ ދަނީ
އެމްއެންޑީއެފުން ވަނީ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.
09 Jul 2026
އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
ޑރ. ފަޒްނާ ނިޔާވީ ކެންސަރު ބަލީގަައި ކަމަށް އެނގިފައިވެ އެވެ. އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ހިމެނުނީ އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރުގެ ގޮތުގަ އެވެ.
09 Jul 2026
ފަހުން ފައިސާ ދައްާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދަނީ