އަބްދުއްރަހީމް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
13 Oct 2023 | 06:24
މި އަންނަނީ ޑރ މުއިއްޒާއެކު 10 އަހަރު ވެރިކަން ކުރަން: އަބްދުއްރަހީމް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒާއެކު ވެރިކަމަށް އަންނަނީ 10 އަހަރު ވެރިކަން ކުރުމަށް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޑރ މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. އަދި އެ ވައުދުތައް ފުއްދުމަށްޓަކައި އިންތިޤާލީ މަރުހަލާ ކުރިއަށްދާއިރު، ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ ހާލަތު ބެލުން ވަރަށް މުހިންމު ކަމަށާއި، އެކަމަށްޓަކައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ވެސް ދޭން ޖެހޭކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވިދާޅުވީ އިންތިގާލީ މަރުހަލާ ކުރިއަށްދާއިރު، ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތައް ސިވިލް ސާވިސްއަށް ބަދަލުކުރުމާއި، އިތުރު މުވައްޒަފުން ނެގުމާއި މަޝްރޫއުތައް ފެއްޓުމަކީ ޤާނޫނު އަސާސީގެ ރޫހާއިވެސް ޚިލާފުކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާ ސަރުކާރަށް ގޮންޖެހުންތަކާއި ވެސް ކުރިމަތިލާން ޖެހޭނެ ކަމަށެވެ. 

ރައްޔިތުން ޑރ މުއިއްޒު އިންތިޚާބުކުރީ އެމަނިކުފާނުގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދުކުރާތީ ކަމަށާއި، އަދި އެ ސިޔާސަތުތައް ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން އޮތުމުންކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ޑރ މުއިއްޒު ކެމްޕޭނުގައި ވީ ވައުދުތައް ފުއްދަވާދެއްވާނެ ކަމަށެވެ. 

އަދި ހަމައެއާއެކު ދެވަނަ ދައުރަކަށް ޑރ މުއިއްޒު ރައްޔިތުންގެ ކުރިމއްޗަށް އަރާވަޑައިގަންނަވާނީ ވީ ވައުދުތައް ފުއްދަވާދެއްވުމަށްފަހު ރައްޔިތުން އިތުރަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ސާފުކޮށް އެކަންކަން ކޮށްދެއްވުމަށްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ވިސްނުންފުޅަކީ ޑރ މުއިއްޒާއެކު ވެރިކަމުގެ ދެ ދައުރު ފުރިހަމަކުރުން ކަމަށެވެ. 

"ފަސް އަހަރު ފަހުން އަނެއްކާވެސް ޑރ. މުއިއްޒު ގޮވައިގެން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން. ފަސް އަހަރު ނިންމާފައި ދެން އަންނަ ފަސް އަހަރަކަށް ޑރ. މުއިއްޒު ގޮވައިގެން އަޅުގަނޑުމެން ކެމްޕެއިނަށް ދާނީ އަޅުގަނޑުމެން ވީ ވައުދުތައް ފުއްދާފައި"

އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ޑރ މުއިއްޒުގެ ވެރިކަމުގައި މަޝްރޫއެއް ފައްޓަވައިފިނަމަ އެ މަޝްރޫއު ނުނިންމާ ދިގުދަންމަން ނުހުންނަވާނެ ކަމަށެވެ. އަދި ތަރައްގީގެ މަސައްކަތްތަކުގައި ނަތީޖާ ނެރެދެއްވާނެ ކަމަށެވެ. 

ރައްޔިތުންގެ އިތުބާރު އެމަނިކުފާނަށް އޮތްކަމަށާއި، މިއީ ޑިމޮކްރަސީގެ ރީތި އުސޫލުތަކުގެ ތެރެއިން އިންތިޤާލީ މަރުހަލާގައި އެއްބާރުލުން ދެއްވަންވީ ވަގުތުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.