އިންތިޚާބީ ރައީސް ޑރ މުއިއްޒު ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
13 Oct 2023 | 06:26
އަމާޒަކީ މަޖިލީހުގެ ތިންބައިކުޅަ ދެބައި ޕީޕީއެމް-ޕީއެންސީއަށް ހޯދުން: އިންތިޚާބީ ރައީސް

ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ލިބުމަކީ މުހިންމު ކަމެއް ކަމަށާއި، އަމާޒަކީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި ޕީޕީއެމް-ޕީއެންސީއަށް ކާމިޔާބުކުރުން ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. 

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ވިސްނުން ހުރީ ޕީޕީއެމް-ޕީއެންސީއާއެކު ކުރިއަށް ދާގޮތަށްކަން ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ސާފުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ވިސްނުމަކީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ޕީޕިއެމް-ޕީއެންސީއަށް ފުރުސަތު ދިނުމުގެ ވިސްނުންކަން ވެސް އިންތިޚާބީ ރައީސް ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ޕީޕީއެމް-ޕީއެންސީން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި ޓާގެޓަކީ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަގުލަބިއްޔަތު ހޯދުންކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑުގެ އަމާޒަކީ ވީހާ ވެސް ގިނަ މެމްބަރުން، އެންމެ ބޭނުންވަނީ 2/3 މެޖޯރިޓީއެއް ލިބޭވަރަށް މެމްބަރުން ހޮވުން. މާނައަކީ 60 އަށްވުރެ ގިނަ މެމްބަރުން ޕީޕީއެމް ޕީއެންސީގެ ފަރާތުން އަދި އަޅުގަނޑުމެންނާއި ގުޅިފައިވާ ފަރާތްތަކާއި އެކީގައި ކޯލިޝަނަށް އިރާދަކުރެއްވިއްޔާ ސުޕަމެޖޯރިޓީއޭ މި ކިޔާގޮތަށް ލިބޭވަރަށް އިރާދަކުރެއްވިއްޔާ މަސައްކަތްކުރުން"

އިންތިޚާބީ ރައީސް ޑރ މުއިއްޒު

އޭގެ އިތުރުން ޑރ މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކަށް ތައުލީމީ ޤާބިލު އަންހެނުން ނެރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާނެ ކަމަށެވެ.

އަންހެނުން އިސް ސަފަށް ނެރެގެން މަސައްކަތް ކުރުމަކީ އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅެއްކަމަށާއި، އެ ފުރުސަތު އަންހެނުންނަށް ފަހިކޮށްދިނުމަށް މަސައްކަތްޕުޅު ވެސް ކުރައްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.