އިންތިޚާބީ ރައީސް ޑރ މުއިއްޒު ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
13 Oct 2023 | 06:28
އަމީނީ މަގުގެ މަސައްކަތް ނިންމާ މާލޭގެ ބޮޑެތި ހުރިހާ މަގެއްގައި ތާރުއަޅާނަން: ޑރ މުއިއްޒު

އާރުޑީސީއާއި ހަވާލުކޮށްގެން ނުނިންމި އޮތް އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ނިންމާ، މާލޭގެ ބޮޑެތި ހުރިހާ މަގެއްގައި ތާރުއަޅާ ތަރައްގީކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރެވިފައިވަނީ ސިޓީ ކައުންސިލަށެވެ. އެހެން ނަމަވެސް އެފަހުން އެ މަސައްކަތް ވަނީ ސިޓީ ކައުންސިލްއަތުން އަތުލުމަށްފަހު ތިން ގުނަ އަގުބޮޑުކޮށް އާރުޑީސީއާއި ހަވާލުކޮށްފައެވެ. 

އެ މަސައްކަތް ނިންމަން އޮތް ތާރީހަށް މަސައްކަތް ނިންމާލެވިފައި ނުވާއިރު، އެކަމުގެ ހުރި ކަންބޮޑުވުންތަކާއެކު ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމީނީ މަގު މަޝްރޫއަށް އަމާޒުވެގެން ދިޔައެވެ. 

އެ ކަމާއި ގުޅޭގޮތުން ސަންގު ޓީވީގެ "23 ގެ ރައީސް" ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ މުއިއްޒު ވިދާޅުވީ މި ސަރުކާރު ނިމޭއިރުވެސް އަމީނީ މަގުގެ މަސައްކަތް ނިންމާނުލެވޭނެކަމަށް މަޒާޖީގޮތަކަށް ކުރިން އެމަނިކުފާނު ވިދާޅުވި ވިދާޅުވުން ހަގީގަތަކަށް ވެފައިވާ ކަމަށެވެ. 

އެހެން ނަމަވެސް ވެރިކަމާއި ހަވާލުވެވަޑައިގަތުމާއެކު އެ މަޝްރޫއު ބާރު ސްޕީޑުގައި ނިންމަވާނެ ކަމަށާއި އޭގެ އިތުރުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއެއް ވެސް ކުރިއަށް ގެންދަވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

"މުޅި މާލޭގެ ހުރިހާ މަގުތަކެއް އިރާދަކުރެއްވިއްޔާ ހަދާނަން. މައިގަނޑު ހުރިހާ މަގެއްގައި ތާރުއަޅައިގެން ހިމަ ގޯޅިތަކުގައި ގާއެތުރުން އަދި އަޅުގަނޑުމެންގެ ވިސްނުމަކީ"

އިންތިޚާބީ ރައީސް ޑރ މުއިއްޒު

ޑރ މުއިއްޒު ވިދާޅުވީ އެ މަޝްރޫއު ހިންގަވާނީ އަހަރުތަކަށް ބައްސަވައިގެން ކަމަށެވެ. އަދި އެ މަސައްކަތް ކުރައްވާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލް މެދުވެރިކޮށްކަމަށް އިންތިޚާބީ ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.