އަހުމަދު ޝަރީފު
ހަބަރު
25 Sep 2023 | 23:34
ފްލެޓް ރޭޓެއް ކަނޑައެޅުމުން ކަރަންޓު ބިލުތައް 30-50 ޕަސެންޓް ކުޑަވާނެ: ޝަރީފު

ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ކަރަންޓް ބިލް ބޮޑުނުވާނެ ގޮތަށް ފްލެޓް ރޭޓެއް ކަނޑައެޅުމުން ގޭބިސީތަކުގެ މިހާރުގެ ކަރަންޓު ބިލުތަކުން 50-30 ޕަސެންޓް ކުޑަވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެންޕެއިންގެ ތެރެއިން ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ފުލެޓު ރޭޓް ތަކެއް ކަނޑައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިއުލާން ކުރެއްވުމާއި ގުޅިގެން އެކަމަށް އަލިއަޅުވާ ލައްވައި، ރާއްޖެޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ، ކަރަންޓު ފްލެޓް ރޭޓް ކަނޑައެޅުމަކީ ވަރަށް، މުހިންމު ކަމެއް ކަމަށެވެ. 

“ފްލެޓް ރޭޓެއް ކަނޑައެޅުމުން 1،000 ޔުނިޓް ބޭނުންކުރިޔަސް، 500 ޔުނިޓް ބޭނުންކުރިޔަސް އަދި ކަނޑައަޅާފައި އިންނަ ހަތް ބޭންޑު ދާނީ އެއް ބޭންޑަކަށް ކަނޑައެޅިގެން. އޭގެ ފަހުން 500 ޔުނިޓް ބޭނުންކުރާ މީހުންނަށްވެސް 1،100 ޔުނިޓް ބޭނުންކުރާ މީހުންނަށްވެސް އަދި އޭގެ މަތިން ބޭނުންކުރާ މީހުން ކަމުގައިވިޔަސް މީހުން ދިރިއުޅުމަށް ބޭނުންކުރާ މީޓަރެއް ކަމަށްވާނަމަ ފްލެޓް ރޭޓަކުން އަގު ކަނޑައެޅިގެންދާނީ،” 

އަހުމަދު ޝަރީފު 

ޝަރީފު އިތުރަށް ވިދާޅުވީ، މާލޭގެ ގޭބިސީތަކުގެ ތެރެއިން 28 ޕަސެންޓަކީ 600 ޔުނިޓަށްވުރެ އިތުރަށް ކަރަންޓު ބޭނުންކުރާ ގެތައް ކަމަށެވެ. އެ މީހުންނަށް ބިލު ކުރާނީ 4.25 ރުފިޔާގެ ރޭޓުން ކަމަށެވެ.

“ފްލެޓް ރޭޓެއް ކަނޑައެޅި އިރުގައި، މިސާލަކަށް އެއީ އެންމެ ފުރަތަމަ ބޭންޑުގައި ހިމެނޭ ރޭޓަށް ކަމަށް ކަނޑައެޅިއްޖެ ކަމަށްވާ ނަމަ، އެއީ ދޮޅު ރުފިޔާގެ ރޭޓު އެއީ ފްލެޓް ރޭޓުގެ ގޮތުގައި ކަނޑައެޅިއްޖެ ނަމަ، އެއީ ގާތްގަނޑަކަށް 31 ޕަސެންޓާއި 52 ޕަސެންޓާ ދޭތެރޭގެ އަދަދަކަށް ބިލް ކުޑަކުރެވިގެންދާނެ ކަމަށް އަންދާޒާތަކުން ދައްކާ،” ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓެރިފް ރޭޓު ކަނޑައެޅޭނެ މިންވަރަކީ ކޮބައިތޯ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެއާއެކު އެކަން ތަންފީޒު ކުރަން ފެށުމުން ސްޓެލްކޯގެ އާމްދަނީ ކުޑަވާނެ މިންވަރުގެ ދިރާސާއެއް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް