ދިވެހިން ފަލަސްތީނުގެ ރައްޔިތުންނާއި އެކު/ ފޮޓޯ: ވޮއިސް
ރިޕޯޓް
16 Oct 2023 | 09:07
އިޒްރާއިލްގެ ފަތުރުވެރިން ރާއްޖެ އައުމާއި ދެކޮޅަށް އެތައް ހާސް ދިވެހިން ޝުޢޫރު ފާޅުކުރަނީ!

އިޒްރާއިލްގެ ފަތުރުވެރިންނަށް ރާއްޖެއައުން މަނާކުރުމަށް ގޮވާލާ ދިވެހިން ޝުއޫރުފާޅުކުރަން ފަށައިފި އެވެ. 

ފަލަސްތީނުގެ މައުސޫމު ރައްޔިތުންނަށް އިޒްރާއިލްގެ ޔަހޫދީން ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތަކުގައި އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފައިވާއިރު، އިޒްރާއިލްގެ ޔަހޫދީން ރާއްޖެ އައިސް ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކުގައި އުފާކުރުމުގެ ފުރުސަތު ނުދިނުމަށް ރައްޔިތުން ދަނީ ޝުއޫރުފާޅުކުރަމުން ނެވެ. 

ލަވަކިޔުން ހުއްޓާލުމަށްފަހު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ އަލީ ރަމީޒު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުމާއި މެދު އާންމުންގެ ޚިޔާލަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. 

އެ ޕޯސްޓުކުރިތާ 24 ގަޑިއިރުތެރޭ ކޮމެންޓުކުރި އެއްހާހަށްވުރެ ގިނަ މީހުން ވަނީ އިޒްރާއިލުން ރާއްޖެއަށް މީހުން އައުން ހުއްޓުވަން ބޭނުންވާކަމަށް ބުނެފައެވެ. އަދި އިޒްރާއިލްގެ ޔަހޫދީންނަށް ރާއްޖޭގެ ހިތްފަސޭހަކަމުން ހިތްހަމަޖެހުން ހޯދުމުގެ ފުރުސަތު ދިނުން ހުއްޓުވަން ޖެހޭކަމަށް ބުނެފައެވެ. 

"އިޒްރާއިލު މީހުން ރާއްޖެ އައުން މިހާރުން މިހާރަށް މަނާކުރަން ޖެހޭ"

"ފަތުރުވެރިން އެކަންޏެއް ނޫން، އެއްވެސް ކަމެއްގައި، އެމީހުން އެއްވެސް ކަމެއް ކުރުމަށް މި ގައުމަށް އައުމަށް ނުރުހެވޭނެ. މި ނިންމުމަކީ މިހާރުން މިހާރަށް ސަރުކާރުން ނިންމަން ޖެހޭ ނިންމުމެއް. އެ ސުންޕާ ޒައިނިސްޓުންގެ ކިބައިން ފަލަސްތީނު ސަލާމަތްކުރައްވާށި.. އާމީން"

ސައީދު މުހައްމަދުގެ ނަމުގައި ކޮށްފައިވާ ކޮމެންޓެއް

"ފަލަސްތީނު ރައްޔިތުންގެ ލޭ ބޮއިގެން ޗުއްޓިހަދަން އަންނަ މަންޒިލަކަށް މި ގައުމު ވެގެން ނުވާނެ. އެމީހުންނަށް އެ ފުރުސަތު ދިނުމަކީ އެމީހުންނާއި އެއްބައިވުންކަމަށް ބެލެވޭނީ. ވަގުތުން ވަގުތަށް އެމީހުންނަށް މި ގައުމަށް ނޭރޭގޮތަށް ނިންމަންވީ"

މުޖާ މަންސޫރުގެ ނަމުގައި ކޮށްފައިވާ ކޮމެންޓެއް

އެ ޕޯސްޓަށް ކޮމެންޓުކުރި ބައެއް ފަރާތްތަކުން ބުނީ ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލަންދެން އިޒްރާއިލްގެ އިތުރުން އެ ޔަހޫދީ ހަނގުރާމަވެރިންނަށް އެހީތެރިވާ ގައުމުތަކަށް ވެސް ރާއްޖެ ނާދެވޭނެ ގޮތަށް ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ. އަދި އިޒްރާއިލްގެ އުފެއްދުންތައް ވެސް ރާއްޖެ އެތެރެކުރުން ހުއްޓާލުމަށް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ. 

ފަލަސްތީނާއި އެކު ދިވެހިން ތިބިކަން ދެއްކުމަށް ބޭއްވި ހަރަކާތުގެ ތެރެއިން-- ފޮޓޯ/ވޮއިސް

"އިޒްރާއިލް އަދި އިޒްރޭލަށް ތާއީދުކުރާ ބަޔަކުވެސް ރާއްޖޭގެ ބިމުގައި ފައިޖައްސަން ނޭދެން. އެފަދަ ބަޔަކު އުފައްދާ ޕްރޮޑަކްޓެއް ވެސް ރާއްޖެ އެތެރެކުރުމާ ދެކޮޅު"

އަލީ ރަޝްފާނުގެ ނަމުގައި ކޮށްފައިވާ ކޮމެންޓެއް

އިޒްރާއިލްގެ ފަތުރުވެރިން ރާއްޖެއައުން މަނާކުރުމަށް ގޮވާލާ ޝުއޫރުފާޅުކުރި ބައެއް ފަރާތްތަކުން ބުނީ، އިޒްރާއިލުން ރާއްޖެ އައުމާއި ރައްޔިތުން ދެކޮޅު ނަމަވެސް ސަރުކާރުން އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން ނުދާކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. 

"އަހަރުމެން ކިތަންމެ ދެކޮޅުހެދިޔަސް އަންނާނެ. ޤައުމުގެ ވެރިން ތިބީ ޑޮލަރާއި ހެދި މޮޔަވެފައި"

ނޫމާ އިބްރާހިމްގެ ނަމުގައި ކޮށްފައިވާ ކޮމެންޓެއް

"އިޒްރާއިލްގެ ފަތުރުވެރިން އައުމާއި މެދު ސަރުކާރުން ފިޔަވަޅު ނާޅަންޏާ ދިވެހި ރައްޔިތުން ނިކުމެ ފިޔަވަޅު އަޅަން ވެއްޖެ"

ޖައުދާންގެ ނަމުގައި ކޮށްފައިވާ ކޮމެންޓެއް

އިޒްރާއިލުގެ ޓުއަރިސްޓުން ރާއްޖެ އެތެރެވުން މަނާކުރުމަށް ގޮވާލާ ދިވެހީން ޝުއޫރުފާޅުކުރަމުންދާއިރު، މި ކަމާއި ގުޅޭގޮތުން އަދި މިހާތަނަށް ސަރުކާރުން ވަކިއެއްޗެއް އަންގާފައެއް ނުވެއެވެ. އެހެން ނަމަވެސް ސަރުކާރުން ވެސް ވަނީ ފަލަސްތީނަށް އިޒްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަށް ކުށްވެރިކޮށްފަ އެވެ. 

ދިވެހިން ފަލަސްތީނާއެކު ސައިކަލުބުރުގެ ތެރެއިން--ފޮޓޯ/ވޮއިސް

އިޒްރާއިލުގެ ޕާސްޕޯޓުގައި ރާއްޖެ ނުވަދެވޭގޮތް ހެދުމަށް ގޮވަލާ މަޖިލީހަށް ވަނީ ގަރާރެއް ހުށައަޅާފައެވެ. އަދި އެ މައްސަލައިގައި މަޖިލީހުގައި ފުޅާކޮށް ބަހުސްކުރުމަށް ވެސް ގަރާރުގައި ގޮވާލާފައި ވެއެވެ. 

ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ބޮޑެތި ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ފަންޑު ރައީސިން އިވެންޓުތަކާއި އަޑުއުފުލުމުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.