އާދަމް ޝަރީފް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
16 Oct 2023 | 13:34
ސަރުކާރު މިދަނީ ނިމެން، ކުންފުނިތައް އޮތީ މަސައްކަތްތެރިންނަށް ދަރާފައި: އާދަމް ޝަރީފް

ސަރުކާރު ނިމެން ކުޑަތަންވެފައިވާއިރު، އެތައް ބަޔަކު ލައްވާ މަސައްކަތްކުރުމަށްފަހު ސަރުކާރު ކުންފުނިތަކުން ލާރި ނުދީއޮތް މައްސަލައިގެ ކަންބޮޑުވުން މަސައްކަތްތެރިން ފާޅުކުރަމުންދާ ކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. 

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަށް މަޖިލީހުގައި ބަހުސްކުރައްވަމުން ނެވެ. 

އާދަމް ޝަރީފު ވިދާޅުވީ މި ސަރުކާރުން މަސައްކަތްތެރިންނަށް ކުރިމަތިކުރުވި އެކި ފިއްތުންތަކާއެކު އެމީހުން ތިބީ ގޮސް ހުސްވެ، ވަރަށް ބޮޑަށް ބިކަވެފައި ކަމަށެވެ.

ފެނަކައިން މިސާލު ނަންގަވަމުން އާދަމް ޝަރީފް ވިދާޅުވީ ފެނަކައިން އެކަނި މަސައްކަތްތެރިންނަށް (ކުދި ވިޔަފާރިތަކަށް) 2 ބިލިއަނަށްވުރެ ގިނަ ފައިސާ ދައްކަން އޮތް އިރު އެ ފައިސާތައް ނުދިނުމުގެ ސަބަބުން މަސައްކަތްތެރިންނަށް އިތުރު މަސައްކަތްތައް ނުކުރެވޭ ހާލަތަށް ގޮސްފައިވާކަމަށެވެ. 

"ޕޭމަންޓު ނުލިބުމުގެ މައްސަލަ، މި މައްސަލަ އިންތިހާއަށް މި މައްސަލަ އޮތް އިރު ބޮޑެތި ދަރަނިތައް ބޮލުގައި އަޅައިގެން ވިޔަފާރިކުރަން ފެށި ފަރާތްތަކަށް ސަރުކާރުގެ ކުންފުނިތަކުން ލިބެންޖެހޭ ފައިސާ ނުލިބުމުގެ މައްސަލައަކީ މި ސަރުކާރު އެންމެ ބޮޑަށް ބަދުނާމުވާ ސަބަބު"

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު

އާދަމް ޝަރީފު ވިދާޅުވީ ސަރުކާރު ނިމެންދާއިރު، ކުންފުނިތަކުން ބޮޑެތި އަދަދުތަކުން މަސައްކަތްތެރިންނަށް ދަރާފައި އޮތުމަކީ މުސްތަގުބަލުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. 

އޭގެ އިތުރުން ކުންފުނިތަކުން ވިޔަފާރިވެރިންނަށް ބޮޑެތި އަދަދުތަކުން ދަރާފައި އޮތުމަކީ އަންނަން އޮތް ސަރުކާރަށް ވެސް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއްގެ ގޮތުގައި އާދަމް ޝަރީފް ސިފަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.