މާލޭގައި މީގެ ކުރިން ހިންގި މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ/ އަދަދު
ހަބަރު
18 Oct 2023 | 13:48
4 އަހަރު ވަންދެން ދަންމާލުމަށްފަހު، އެއްވެ އުޅުމުގެ ބިލްގެ މަސައްކަތް އަލުން ފަށައިފި!

'ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ހިމެނޭ، އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކުރާ މާއްދާ އުވާލަން، ރައްޔިތުންގެ މަޖިލީހަށް 2019 ވަނަ އަހަރު ހުށަހެޅި ބިލުގެ މަސައްކަތް، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފަށައިފި އެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި 17 އޮގަސްޓު 2016 ގައި 'ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވުނު އެ ބަދަލު ތަސްދީގު ކުރައްވާފައި ވަނީ، 23 އޮގަސްޓް 2016ގައެވެ. އެއާއެކު ހުއްދައަކާ ނުލައި އެއްވެވޭ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަމައެކަނި ކާނިވާ ސަރަހައްދެވެ.

އެހެންނަމަވެސް، އެ މާއްދާގެ ސަބަބުން އެއްވެ އުޅުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެންދާ ކަމަށް ބުނެ އެ އިސްލާހު އުވާލަން އެދި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު، 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ބިލު ސަލާމަތީ ކޮމިޓީއަށްވެސް ހަމަ އެ އަހަރުގައި ހުށަހެޅުނެވެ. އެފަހުން 2020 ވަނަ އަހަރު، އެ ކޮމިޓީން ބިލު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކޮށް މަޖިލީހަށް ފޮނުވުމުން އަލުން އަނެއްކާވެސް އެ ބިލު ވަނީ ކޮމިޓިއަށް ފޮނުވާލާފައެވެ. 

އެފަދަ ގޮތަކަށް ހަތަރު އަހަރު ވަންދެން ބިލުގެ މަސައްކަތް ކުރިއަށް ނުގޮސް އޮތުމަށްފަހު، މިއަދު ވަނީ ބިލުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ މިމަހުގެ ނިޔަލަށް ބިލުގެ މަސައްކަތް ނިންމުމަށް ހުށަހަޅުއްވައިފަ އެވެ. އަދި ކޮމިޓީގެ އަގުލަބިއްޔަތުން އެގޮތަށް ވަނީ ފާސް ވެސްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.