ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
18 Oct 2023 | 16:43
ގިނަ ބަހުސަށްފަހު ރައީސް ނަޝީދަށް ޖަވާބުދާރީވާން 30 މިނެޓް ދޭން ނިންމައިފި!

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވާން ރައީސް މުހައްމަދު ނަޝީދަށް 30 މިނެޓު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީއިން ނިންމައިފިއެވެ.

އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުުވުމުގައި މަޖިލީހުގެ ރައީސަށް ޖަވާބުދާރީވާން 30 މިނެޓް ދިނުމަށާއި ކޮންމެ މެންބަރަކަށް ބަހުސް ކުރައްވަ ތިން މިނެޓް ދިނުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝާހިދެވެ. އޭނާގެ ހުށަހެޅުއްވުމުގައި ވަނީ އެ 30 މިނެޓް ދޭނެ އުސޫލުވެސް ހާމަކުރައްވާފައެވެ. އެއީ، ބަހުސް ފަށާއިރު 10 މިނެޓާއި މެދުތެރެއިން ދިހަ މިނެޓު އަދި ނިމޭއިރު 10 މިނެޓުގެ ވަގުތެއް ދިނުމެވެ. 

ޝާހިދުގެ ހުށަހެޅުމަށް އެމްޑީޕީ މެންބަރުން ތާއީދުކުރެއްވި އިރު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް ޕީޖީ ލީޑަރު ޢަލީ ޢާޒިމް ވަނީ ޖަވާބުދާރީ ވުމަށް ނަޝީދަށް ދެ ތިން ގަޑިއިރު ދިނުމަށް ހުށަހަޅުއްވައިފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި، އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބަހުސް ތިން ގަޑިއިރަށް ވުރެ ދިގުވެގެން ނުވާނެ ކަމަށް އޮތަސް އެ ތިން ގަޑިއިރު މާނަކޮށްފައިވަނީ ހަމައެކަނި މެންބަރުން ކުރާ ބަހުސްގެ ވަގުތަށް ކަމަށާ އޭގެ ތެރޭގައި ރައީސް ދައްކަވާ ވާހަކަތައް ނުހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިން ކޮށްފައި އޮންނަ ގޮތަށް ކުރާކަށް ނޫން މި އޮންނަނީ. ތި ބޭފުޅުން ދެއްވަން ނެތިއްޔާ އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް. އަށްޑިހަ ހަތް މެންބަރުންގެ ލައްކަ ސުވާލު ވެސް ހުންނާނެ،" އާޒިމް ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވެސް ވަނީ އާޒިމްގެ ވާހަކަތަކަށް ތާއީދުކޮށްފައެވެ. އަދި އެ މައްސަލައިގައި ގޮތް ނިންމުމުގެ އިހުތިޔާރު ކޮމިޓީއަށް އޮތްކަމަށްވެސް އަލިއެޅުއްވިއެވެ.

 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.