އެއާކޫލް އާއިލާގެ ފަރާތުން އައިއޭސީ ފަންޑަށް ފައިސާ ހަވާލު ކުރަނީ
ހަބަރު
22 Oct 2023 | 13:45
"އެއާ ކޫލް" ޢާއިލާގެ ފަރާތުން އައިއޭސީ ފަންޑަށް ބައި ލައްކައަށްވުރެ ގިނަ ރުފިޔާ!

މާލޭގެ ޢާއިލާއެއްގެ ފަރާތުން ފަލަސްޠީނަށް އެހީވުމަށް ހުޅުވާލާފައިވާ ފަންޑަށް ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާ ކޮށްފިއެވެ. 

މިމަހު 7 ވަނަ ދުވަހު، ފަލަސްޠީނުގެ މިނިވަންކަމަށްޓަމައި ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން އެގައުމަށް ގަދަކަމުން ވެރިވެގެންފައިވާ އިސްރާއިލަށް އަމާޒުކޮށް ދިން ކުއްލި ހަމަލާއާއި ގުޅިގެން އިސްރާއީލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައެވެ. އެއާއެކު, އެމީހުންގެ ވަރުގަދަ ހަމަލާތައް ކެނޑިނޭޅި ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އާއްމުންނަށް އަމާޒުކުރަމުންދާއިރު, ހަނގުރާމައިގެ ސަބަބުން އެތައް ހާސް މުސްލިމުން ވަނީ އަސާސީ ހައްގުތަކުން މަހްރޫމްވެ ބިކަ ހާލުގައި ޖެހިފަ އެވެ.

އެއާކޫލް ފެމިލީގެ ފަރާތުން ކުރިއަށް ގެންދިޔަ ފަންޑު ރެއިޒިން އިވެންޓްގެ ތެރެއިން--ފޮޓޯ/އެއާކޫލް ފެމިލީ

އެ ރައްޔިތުންނަަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީން) ހުޅުވާލާފައިވާ ފަންޑް ރެއިޒިން އިވެންޓަށް ފައިސާ ހަދިޔާ ކުރުމަށް "އެއާ ކޫލް" އާއިލާގެ ފަރާތުން މިދިޔަ ހުކުރު ދުވަހު އެގޭގެ ކުރިމަތީގައި ފަންޑް ރެޒިން އިވެންޓެއް ވަނީ ކުރިއަށް ގެންގޮސްފައިވެއެވެ.

މި ފަންޑް ރެއިޒިން އިވެންޓުގައި އެކި ބާވަތްތަކުގެ ކާނާ އެ އާއިލާ ފަރާތްތަކުން ކައްކައިގެން ވިއްކާފައިވާއިރު، އާއިލާގެ ކުޑަ ކުދިންވެސް ވަނީ އެކުދިންގެ ކުޅޭ ސާމާނުވެސް ވިއްކާފައެވެ.  އެގޮތުން އެތަނުން އެއްކުއްޖެއްގެ ޕީއެސް ފިޔަވައި ދެން ހުރި ހުރިހާ ކުޅޭ އެއްޗެއް ވިއްކާލާފައިވާކަމަށް އެ އާއިލާއިން "ވޮއިސް" އަށް ވަނީ މައުލޫމާތު ދީފައެވެ. 

އެއާކޫލް އާއިލާގެ ކުއްޖެއް. އެ ކުއްޖާގެ ޕީއެސް ފިޔަވައި ހުރިހާ ކުޅޭ ސާމާނު ވަނީ މި ފަންޑް ރެއިޒިން އިވެންޓުގައި ވިއްކާލާފައި

އަދި މީގެ އިތުރުން، ފަންޑަށް ފައިސާ ހޯދުމަށް ފަލަސްތީނުގެ ދިދަވެސް ފަހައިގެން ވިއްކާފައިވާއިރު، އެ ހުރިހާ ކަމަކުން، 51,245.00 ރުފިޔާ ވަނީ ލިބިފައެވެ. އެ ފައިސާ، އާއިލާއިން މިހާރު ވަނީ އައިއޭސީއަށް ހަވާލު ކޮށްފައެވެ. 

އެއާކޫލް ފެމިލީގެ ފަރާތުން ކުރިއަށް ގެންދިޔަ ފަންޑު ރެއިޒިން އިވެންޓްގެ ތެރެއިން--ފޮޓޯ/އެއާކޫލް ފެމިލީ

އެއާކޫލް އާއިލާގެ ފަރާތުން އައިއޭސީ ފަންޑަށް ފައިސާ ހަވާލު ކުރަނީ

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ދަނީ ޣައްޒާއަށް މެދުކެނޑުމެއް ނެތި ބޮން އަޅަމުންނެވެ. މި ޙަމަލާތަކުގައި 4300 އަށްވުރެ ގިނަ ފަލަސްތިނުގެ ރައްޔިތުން މިހާތަނަށް ޝަހީދުކޮށްލާފައިވެއެވެ.

ކޮމެންޓް
އަދުރޭ
އިސްތިހާރުނުކޮއް ދެއްވާ ސޮދަގާތާއި އިސްތިހާރު ކޮއްގެން ދެއްވާ ސޮދަގާތުގާ ތަފާތުތަކެއް ހުންނާނާނެ ވީމާ މިތަނުން ރަނގަޅު ގޮތެއް ޙިޔާރު ކުރައްވާ
22 Oct 2023
ގުޅޭ ލިޔުންތައް
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.