ޕެޓިސަރީ ބައި ޝިނާއިން ވިއްކާ ޑޯނަޓް
ހަބަރު
22 Oct 2023 | 16:15
"ޕެޓިސަރީ ބައި ޝިނާ" އިން ޕަލަސްތީނަށް އެހީވުމަށް ޑޯނަޓް ވިއްކަނީ!

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް "ޕެޓިސަރީ ބައި ޝިނާ" އިން  ޑޯނަޓް ވިއްކުމަށް ނިންމައިފިއެވެ.

ޕެޓިސަރީ ބައި ޝިނާގެ ނަމުގައި އިސްޓަގްރާމްގައި ހިންގަމުންދާ ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، ޑޯނަޓް ވިއްކައިގެން ފަންޑް ރެއިޒް ކުރުމުގެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 24 ވަނަ ދުވަހުއެވެ. އަދި އެ ދެދުވަހު 9 ޑޯނަޓް ހިމެނޭ މިކްސްޑް ޑޯނަޓް ފޮށި ވިއްކުމަށް ހަމަޖެހިފައިވާއިރު އެއިން ކޮންމެ ފޮށްޓެއް ވިއްކުމަށް ހަމަޖެހިފައިވަނީ 85ރ އަށް ކަމަށް ބުނެފައިވެއެވެ.

ޑޯނަޓް ގެ އިތުރުން މި ފަންޑް ރެއިޒިން ހަރަކާތުގެ ތެރެއިން ބްރައުނީސް އާއި ކަޕް ކޭކު ވެސް ވަގުތުން ގަންނަ ލިބެން ހުންނާނެ ކަމަށް އެ ޕޭޖުން މައުލޫމާތު ދެއެވެ. އަދި އެ ހުރިހާ ތަކެއްޗެއް ވިއްކާނީ 143,ޗަނބޭލީ މަގު، އޯޓަމް ސެންޓަރ ކައިރީގައި ކަމަށްވެސް ބުނެފައިވެއެވެ.

މި ތަކެތި ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއްވެސް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ)އިން ފަލަސްތީނަށް އެހީވުމަށް ހުޅުވާލާފައިވާ ފަންޑަށް ޖަމާ ކުރަން ނިންމާފައިވާ ކަމަށާ، ޑޯނަޓް ގަންނަން ބޭނުންވާ ފަރާތްތަކަށް މިރެއިން ފެށިގެން ޕްރީ އޯޑަރ ކުރެވޭނެ ކަމަށް އެ ޕޭޖުން މައުލޫމާތު ދެއެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ހަމާސް އާއި އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީންނާއި ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި ޔަހޫދީން ހަމައެއް ލަމައެއް ނެތި  ޣައްޒާގެ އެކި ތަންތަނަށް ބޮން އަޅައި ސުންނާފަތި ކުރަމުންނެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އިއްޔެ ބުނީ ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 4،385 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 1،756 ކުޑަކުދިންނާއި 976 އަންހެނުން ހިމެނޭ ކަމަަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް
ހަސަނު
ފަލަސްތީނުހެ ރައްޔިތުންނަށް ނުހައްގުން އަނިޔާކޮށް މަރައި ސުންނާފަތި ކުރަމުންދާ އިޒުރޭލުގެ ޓެރަރިސްޓުން ފަނާކުރައްވައިފާދޭވެ އާމީން
22 Oct 2023
ގުޅޭ ލިޔުންތައް
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.