އާދަމް ޝަރީފް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
23 Oct 2023 | 12:26
ޤާނޫނަކުން ނޫން ގޮތަކަށް އިންތިޚާބަށް ނުފޫޒު ފޯރުވުން ނުހުއްޓުވޭނެ: އާދަމް ޝަރީފް

އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވޭނީ ޤާނޫނެއް ހަދައި އެ ޤާނޫނު ފުރިހަމަޔަށް ތަންފީޒުކުރެވިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. 

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވާލާ ހުށައަޅާފައިވާ ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރުން ކޮންމެ އިންތިޚާބަކާއި ދިމާކޮށް، ނުފޫޒު ފޯރުވުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް ކަމަށެވެ. 

ސަރުކާރު ބަދަލުވި ނަމަވެސް އެ މައްސަލަ ހަމަ އެގޮތުގައި އޮތްކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އާ ސަރުކާރެއް ރައްޔިތުން އެކުލަވާލަނީ ކުރީ ސަރުކާރުން ގޯސްކޮށް ކޮށްފައިވާ ކަންކަން ރަނގަޅުކުރުމަށް ކަމަށެވެ.

އެހެންކަމުން އިންތިޚާބަށް ސަރުކާރުގެ ނުފޫޒު ނުފޯރުވޭގޮތަށް ގާނޫނުތައް އެކުލަވާލަން ޖެހޭ ކަމަށާއި، ގާނޫނުތައް އެގޮތަށް ފަރުމާކުރެވިގެން ނޫނީ އެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާތަން ނުފެންނަކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަށް ދެން ގެނެވޭނެ ހައްލަކަށް އޮތީ މަޖިލީސްގެ ތެރެއިން އިންތިޚާބުތަކާއި ބެހޭ ގާނޫނަށް އާންމު ގާނޫނަކަށް ނަމަވެސް ބަދަލުގެންެސްގެން އެންމެ ކުޑަމިނުން އިންތިޚާބެއް ފެށުމަށްފަހު އެ އިންތިޚާބެއް ފެށުމަކާއި ދެމެދު 3 މަހެއްހާ ދުވަސް އޮއްވާ ދެން އެ އިންތިޚާބަކަށް ނުފޫޒު ފޯރުވާ ޒާތުގެ ކަންތައްތައް ނުކުރެވޭނެގޮތަށް ގާނޫނަށް ބަދަލުތައް ގެނައުން"

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް

އާދަމް ޝަރީފު ވިދާޅުވީ އިންތިޚާބަށް ނުފޫޒު ނުފޯރުވޭނެ ގޮތަށް ގާނޫނުތައް ފަރުމާކުރަން ޖެހެނީ ސަރުކާރުގެ އިޚްތިޔާރަށް ދޫކޮށްލައިފި ނަމަ، އަނެއްކާވެސް އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެތީކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ގިނަ ފަހަރަށް ސިޔާސީ ފަރާތްތަކަށް ބާރު ލިބުމުން ރަނގަޅު ގޮތްތައް ދޫކޮށްލެވޭތަން ފެނިގެންދާ ކަމަށާއި، އެހެން ނަމަވެސް ގާނޫނުތައް ހަދާ ތަންފީޒު ކުރެވޭނަމަ ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް އެކުލަވާލެވި ގޯސްކޮށް ކަންކަން ގެންދިއުމުގެ މަގު ބަންދުކުރެވިގެންދާނެކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.