ރާއްޖޭގެ ގޮނޑުދޮށުގައި އިސްރާއީލްގެ ދިދަ--
ހަބަރު
24 Oct 2023 | 11:02
ރިސޯޓެއްގައި މަސައްކަތް ކުރާ އިސްރާއީލް އަންހެނަކު ރާއްޖޭގެ ގޮނޑުދޮށުގައި އިސްރާއީލް ދިދަ ބަހަށްޓައިފި!

ދިވެހިރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރާ އިސްރާއީލްގެ އަންހެނަކު، އެމީހުންގެ ދިދަ، ދިވެހި ގޮނޑުދޮށުގައި ބަހައްޓައި އިސްރާއީލްގެ ދިފާއުގައި ނުކުމެއްޖެއެވެ. 

"ކްލަބް މެޑް ކަނި" ރިސޯޓުގައި މަސައްކަތް ކުރާ، 'ނޯފިޓް ގޮލާނީ" ނަމަކަށް ކިޔާ އެ އަންހެން މީހާ, އިސްރާއީލްގެ ދިދަ އެ ރިސޯޓުގެ އަތިރިމަތީގައި ބެހެއްޓުމަށްފަހު ނަގާފައިވާ ފޮޓޯ އަކާއެކު، ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އޭނާ އާއި، އޭނާއާ އެކު އެ ރިސޯޓުގައި މަސައްކަތް ކުރާ އެހެން އިސްރާއީލްގެ މީހުންވެސް މިވަގުތު ރާއްޖޭގައި ހުރި ތާށިވެފައެވެ. 

އަދި ދިވެހިރާއްޖެ ފަލަސްޠީނުގެ ހައްގުގައި ތެދުވެ އިސްރާއީލް އާ ދެކޮޅަށް އަޑު އުފުލި ނަމަވެސް، ފަލަސްތީނާާއި, އެގައުމަށް ގަދަކަމުން ވެރިވެގެން ތިބި އިސްރާއީލްގެ ޔަހޫދީންނާ ދެމެދު ކުރެވެމުންދާ އެ ހަނގުރާމާގައި ކާމިޔާބީ ލިބޭނީ އިސްރާއީލް އަށް ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނެފައިވާ އެމީހުންނަކީ އަބަދުވެސް ކާމިޔާބީ ލިބިފައިވާ ބައެއް ކަމަށާ، އެކަމުގައި އެއީ "ޗެންޕިއަނުން" ނެވެ. 

މީގެ އިތުރުން، ދިވެހިރާއްޖެ އިސްރާއީލް އާ ދެކޮޅަށް ތެދުވެ، އެ ގައުމުގެ ރައްޔިތުން ރާއްޖެއިން ބޭރުކޮށް، އިސްރާއީލްގެ ފަތުރުވެރިންނަށްވެސް ރާއްޖެ ނާދެވޭގޮތް ހެދުމަށް ގޮވަމުން އަންނަ އިރު، އެކަމާއި ގުޅިގެން އޭނާ އާއި އޭ ރިސޯޓްގައި މަސައްކަތް ކުރާ މީހުންނަށް ނަފްސާނީގޮތުންވެސް އަސަރު ކުރި ކަމަށާ، އެހެން ނަމަވެސް ދެން އޭނާ ބުނަން ބޭނުން ވާހަކަ ބުނާނެ ކަމަށް ބުނެފައިވެއެވެ. 

މި އަންހެން މީހާގެ އެ ފޭސްބުކް ޕޯސްޓާއި ގުޅިގެން އިސްރާއީލް އަށް ބަދު ބަސް ބުނެ އޭނާއަށް މެސެޖު ކުރި ދިވެހި މުވައްޒަފެއް, ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށް "ވޮއިސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

އަދި މިހާރު އެ އިސްރާއީލްގެ އަންހެން މީހާވެސް ރާއްޖެއިން ފުރުވާލާފައިވާ ކަމަށްވެސް އެ ރިސޯޓުން "ވޮއިސް" އަށް ވަނި މައުލޫމާތު ދީފައެވެ. 

ކޮމެންޓް
ރަބަރޭ
ރިސޯޓު ބަންދުކުރޭ ތިޔަ ރިސޯޓަކީ ދިވެހިރާއްޖޭގެ ރަށެއް އިޒުރޭލުގެ ބާރެއް ނުހިގާނެ
24 Oct 2023
ހާމަ
ކޮން ރިސޯޓެއް؟ ނަން ސިއްރުނުކުރޭ. ތިޔަ ފަދަ ރިސޯޓެއް ފޮރުވައިގެން ނުވާނެ. ދިވެހިންނަކަށް ކެތެއް ނުކުރެވޭނެ.
24 Oct 2023
ގުޅޭ ލިޔުންތައް
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.