ޚާރިޖީ ވަޒީރު އަބްދުالله ޝާހިދު
ހަބަރު
24 Oct 2023 | 12:26
އދ. ގެ އާއްމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުވެއް ބާއްވަން ރާއްޖެއިން އެދިއްޖެ

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ޔަހޫދީން، ކެނޑިނޭޅި ފަލަސްޠީނަށް އަމާޒުކޮށް ދެމުން ގެންދާ ވަރުގަދަ ހަމަލާތަކާއި ގުޅިގެން އދ. ގެ އާންމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުވެއް ބާއްވަން ދިވެހިރާއްޖެއިން އެދިއްޖެއެވެ.

މިކަމާއި ގުޅިގެން ޚާރިޖީ ވަޒީރު އަބްދުالله ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ކުށެއްނެތް އާއްމުންނާއި ކުޑަކުދިންނަށް އިސްރާއީލުން ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތައް ހައްދު ފަހަނައަޅާފައިވާ ކަމަށެވެ.

އެހެންކަމުން، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އިރުޝާދުގެ ދަށުން، އެހެން ގައުމުތަކާއި ގުޅިގެން، އާއްމު މަޖިލީހުގެ 10 ވަނަ އެމަޖެންސީ ކުއްލި ސެޝަން ކުރިއަށް ގެންދިއުމަށް ރާއްޖެއިން ހުށަހަޅާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު، އެމީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލުމުގައިކަމަށެވެ.

އދ. ގެ ޢާންމު މަޖިލީހުގެ ހާއްސަ ކުއްލި ބައްދަލުވުމަކީ، މައްސަލައަކާއި ގުޅިގެން ސަލާމަތީ މަޖިލީހުން ގޮތެއް ނިންމުމުގައި ކާމިޔާބު ނުވުމުން، ބާއްވާ ބައްދަލުވުމެކެވެ. ހާއްސަކޮށް އަމާންކަމާއި ސުލްހަ ގާއިމްކުރުމުގައި ސަލާމަތީ މަޖިލީހުން ނުކެޅެދުމުން، އދ. ގެ ޢާންމު މަޖިލީހުގެ ހާއްސަ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދުމުގެ އިހްތިޔާރު އދގެ 377 ވަނަ ގަރާރުގެ ދަށުން މެމްބަރުންނަށް ލިބިދެއެވެ.

ކޮމެންޓް
މަރީ
ބޭކާރު ޚަރަދެއް. އާންމު މަޖިލީހުން ފާސްކުރާ ފާސްކުރުމަކަށް ޢަމަލުކުރާކަށް ނުޖެހޭނެ
25 Oct 2023
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.