އިޒްރާއިލު މީހުން ރާއްޖެ އައުން ހުއްޓުވުމަށް ގޮވާލާ ކުރި މުޒާހަރާގެ ތެރެއިން/ ފޮޓޯ: ވޮއިސް
ހަބަރު
24 Oct 2023 | 12:31
ބޭން އިލްރާއިލްގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށަނީ

އިޒްރާއިލްގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ގޮވާލާ "ބޭން އިންރާއިލް" ގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރަން ތައްޔާރުވެއްޖެ އެވެ.

މި ޕެޓިޝަން ލޯންޗުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސާފާސް އެސޯސިއޭޝަންގެ އިސް ނެގުމުގެ މަތިން، އެމްބީބީއޭ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގުޅިގެންނެވެ. 

އެ ޕެޓިޝަނާއި ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ސާފާސް އެސޯސިއޭޝަންގެ ފަރާތުން ބުނީ ބޭން އިޒްރާއިލްގެ ނަމުގައި ހިންގާ ޕެޓިޝަނުން މައިގަނޑު ގޮތެއްގައި ތިން ކަމަކަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. 

އޭގެ ތެރޭގައި ހިމެނެނީ:

1. އެއްވެސް ބޭނުމަކަށް އިޒްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުން

2. މާޒީގައި އިޒްރާއިލްގެ މީހުންގެ ފަރާތުން ރާއްޖޭގެ ރާޅާއެރުމުގައި ހުޅޭ ފަރާތްތަކަށް ލިބިފައިވާ އަނިޔާތައް ބަލައި ފިޔަވަޅު އެޅުން

3. ސާފިން ކޮމިއުނިޓީއަށް އިޒްރާއިލް ފަތުރުވެރިންގެ ފަރާތުން ލިބޭ އަނިޔާތައް ކުށްވެރިކޮށް އެކަންކަން ހުއްޓުވުމަށް މަސައްކަތްކުރުން

ޕެޓިޝަން އިންތިޒާމުކުރާ ފަރާތުން ބުނެފައިވަނީ ބޭން އިޒްރާއިލްގެ ނަމުގައި ހިންގާ ޕެޓިޝަނުގައި ސޮއިކުރުމަށް ހުޅުވާލީ 28 އޮކްޓޫބަރުން ފެށިގެން ކަމަށެވެ. 

އިޒްރާއިލުން ހުއްޓުމެއްނެތި ފަލަސްތީނުގެ މައުސޫމު ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެކަމާއި ދެކޮޅަށް ދިވެހިން އެކި ލެވަލްގައި ކުރާ މަސައްކަތް ފާހަގަކުރާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. 

އަދި އިޒްރާއިލްގެ އަނިޔާތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހި ރައްޔިތުންގެ ފަރާތުން ދޭ އެއްބާރުލުންވެސް ފާހަގަކުރާ ކަމަށާއި، އެ ޕެޓިޝަނަށް ވެސް ދިވެހިރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށް ޕެޓިޝަން އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ހެއްހެއް
ވަރައްބޭނުން ތިޕެޓިސަނުގަ ވަރައްއަވަހައް ސޮއިކޮއްލާން
24 Oct 2023
އަލީބެ
ބައެއްގެ އަމިއްލަ އެދުމަށްޓަކައި ހިންގާ ކެމްޕޭނެއް! މިއުޅެނީކީ އެމީހުން ފަލަސްތީނުމީހުން މަރާތީއެއްނޫން! މިކަމުންވެސް ނާޖާއިޒު ފައިދާއެއް ނަގަންވެގެން!
24 Oct 2023
ގުޅޭ ލިޔުންތައް
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.