ރައީސް ޔާމީން ގެކޮޅުގައި ސަޕޯޓަރުންނާއި ސަލާންކުރައްވަނީ
ހަބަރު
24 Oct 2023 | 22:05
ފަނޑިޔާރުން ޗުއްޓީއަށް، ރައީސް ޔާމިނުގެ އިސްތިއުނާފު މަޑުޖެހިއްޖެ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އާރަށު ހުކުމުގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމާއި ގުޅިގެން އެ މައްސަލަ މަޑުޖެހިއްޖެ އެވެ.

އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ.

އެ ފަހުން އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާދުކޮށްފަ އެވެ. ރައީސް ޔާމިނުގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ މި އަހަރުގެ ފެބްރުއަރީގައެވެ. އެހެން ނަމަވެސް ހައިކޯޓުން އެ މައްސަލަ ބަލައިގެންފައިވަނީ އޭޕްރިލް މަހުގައެވެ. އަދި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ ޖޫންމަހުގެ ތެރޭގައެވެ.

ހައިކޯޓު މައްސަލަ ދިގުލައިގެންދާތީ އޭރު ވެސް ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންނާއި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައި ވެއެވެ.

އެ މައްސަލަ ނުނިމި އޮތުން ހުއްޖަތަކަށް ހަދައި ރައީސް ޔާމީންގެ ރިޔާސީ ކެންޑިޑެސީ ބަތިލްކޮށްފައިވާއިރު، އެ ނިންމުމަކީ އެމަނިކުފާނުގެ އިންތިޚާބީ ހައްގެއް ގެއްލިގެން ދިއުންކަމަށް ގާނޫނީ ވަކީލުން ވަނީ ސިފަކުރައްވާފަ އެވެ.

އާރަށު މައްސަލައިގެ އަޑުއެހުންތައް ނިމުމަކާއި ހަމަޔަށް ގޮސްފައިވަނިކޮށް އެ މައްސަލައިގެ އަޑުއެހުންތައް ވަނި މަޑުޖައްސާލާފަ އެވެ. އެންމެ ފަހުން އެ މައްސަލައާއި ގުޅިގެން ތާވަލުކުރި ދެ އަޑުއެހުން ވެސް ދައުލަތުން އެދިގެން ވަނީ ކެންސަލްކޮށްފަ އެވެ.

އެފަހުން އެ މައްސަލަ ބައްލަވާ ދެ ފަނޑޔާރުން ވަނީ ޗުއްޓީއަށް ވަޑައިގެންފަ އެވެ. އެއާއެކު އަނެއްކާވެސް އެ މައްސަލަ މިވަނީ މަޑުޖެހިގެން ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް