"ބްލޫމްބާގް ޓީވީ" އަށް މުޢިއްޒު އިންޓަވިއު ދެއްވަނީ--ފޮޓޯ/"ބްލޫމްބާގް ޓީވީ"
ހަބަރު
27 Oct 2023 | 15:40
އަޅުގަނޑަކީ ޕްރޯ ޗައިނާ މީހެއް ނޫން؛ ހުރިހާ ގައުމަކާ އެކުވެސް ގުޅުން ބަދަހި ކުރާނަން: ޑރ.މުޢިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ "ޕްރޯ ޗައިނާ" ސިޔާސަތު ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށާ، އެމަނިކުފާނު މަސައްކަތް ކުރައްވާނީ ހުރިހާ ގައުމަކާއި ގުޅިގެން ކަމަށް ވިދާޅުވެއްޖެއެވެ.

"ބްލޫމްބާގް ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ، އެމަނިކުފާނަކީ ޗައިނާއަށް ތާއީދު ކުރާ މީހެއްގެ ގޮތުގައި ވަރަށް ނުބައިކޮށް ލޭބަލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެ ފިޔަވައި އެހެން ގައުމަކަށް ތާއީދު ނުކުރައްވާނެ ކަމަށާއި އެކަމަކީ އެއީ ވިސްނާލުމުން އެނގޭނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ޕްރޯ ޗައިނާ ކަމަށް ބުނެ މީހުން އަޅުގަނޑު ލޭބަލްކޮށްފައި ވަނީ ގޯސްކޮށް. އަޅުގަނޑަކީ ޕްރޯ މޯލްޑިވްސް، އެނޫން އެއްވެސް ގައުމެއް ޕްރޯ އެއް ނޫން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މުޢިއްޒުގެ މި ވާހަކައާއި ގުޅިގެން އެ ނޫހުގެ ރިޕޯޓަރ ވަނީ އިންޑިއާ ކަނޑުގެ ބޮޑު ބަޔަކަށް ޗައިނާއިން ނުފޫޒު ފޯރުވާކަމަށް ފާހަގަކޮށް އެމަނިކުފާނުގެ ވެރިކަމެއްގައި ޗައިނާއާ ރާއްޖެއާމެދު ބާއްވާނެ ގުޅުމާ ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއިން ހުރިހާ ގައުމަކާ އެކު ވެސް ގާތުން މަސައްކަތް ކުރާނެ ކަމަށާއި ބައިނަލްއަގުވާމީ ހަމަތަކަށް އިހްތިރާމް ކުރައްވާނެ ކަމަށެވެ. އަދި ބޮޑެތި ގައުމުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ނުވަންނާނެ ކަމަށް ޑރ. މުއިއްޒު ވިދޅުވި އެވެ. 

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ ހުރިހާ ޤައުމަކާ ގުޅިގެން މަސައްކަތް ކުރުމަށް. ބޮޑެތި ޤައުމުތަކުގެ މެދުގައި ޖިއޮޕޮލިޓިކަލް ވާދަވެރިކަން އުފެދިގެން ދާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން، އެކަން ކުރުމަށް ރާއްޖެ ވަރަށް ކުޑަ" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެ އިންޓަވިއުގައި ވެސް ޑރ. މުއިއްޒު ވަނީ ރިޔާސީ ވައުދާ އެއްގޮތަށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް އަންގާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.