ޑރ މުއިއްޒު މާލެ ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: އިންތިޚާބީ ރައީސްގެ އޮފީސް
ހަބަރު
28 Oct 2023 | 17:08
ފުރަތަމަ 100 ދުވަސްތެރޭ ހުޅުމާލޭ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލްދަށަށް ބަދަލުކުރާނަން: ޑރ މުއިއްޒު

ވެރިކަމަށް ހުވާކުރައްވާތާ ފުރަތަމަ 100 ދުވަސްތެރޭގައި ހުޅުމާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ހުޅުމާލެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް މިއަދު ހުޅުމާލޭ ފޭސް-1 ގައި ކުރިއަށް ގެންދިޔަ ހަފްލާގައި ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

ޑރ މުއިއްޒު ވިދާޅުވީ ހުޅުމާލެ އަކީ މާލެ ސިޓީ ކައުންސިލްގެ އިހުތިޞާސްގެ ތެރޭގައި އޮތް ތަނެއް ނަމަވެސް އެތަނުގެ މުނިސިޕަލް ޚިދުމަތްތައް ދިނުން ހަވާލުކޮށްފައިވަނީ ސަރުކާރު ކުންފުނި އާބަންކޯއަށް ކަމަށެވެ. 

ރައްޔިތުންނަށް މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޒިންމާ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށް ނުގެންދެވޭނެ ކަމަށާއި، އަދި އެއީ ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމަށް ހުރަސްއެޅިގެންދާ ކަމެއްކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. 

އެއާއެކު އިންތިޚާބީ ރައީސް ވިދާޅުވީ ވެރިކަމަށް ހުވާކުރައްވާތާ ފުރަތަމަ 100 ދުވަސްތެރޭގައި ހުޅުމާލެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރައްވާނެ ކަމަށެވެ. 

"ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންކަމުގެ ތެރޭގައި ހުޅުމާލެ ދެ ފިޔަވަހީގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލާއި ހަވާލުކުރާނަން"

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު

އެގޮތުން މަގުތައް ސާފުކޮށް ބެލެހެއްޓުމާއި ފަޅުތެރެ ސާފުކޮށް ބަލަހައްޓާ، މަގުމަތި ދިއްލުމާއި އިދާރީގޮތުން ދޭންޖެހޭ ޚިދުމަތްތައް މާލެ ސިޓީ ކައުންސިލުން ދެމުން ގެންދާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
އަލިހޮއްކޮ ހުޅުމާލެ
ރެޑްވޭވް ސަލީމު ފިހާރަ ހަދަން ފޭސް 2 އިން ނުލިބިގެން އުޅޭ ބިން ލިބޭގޮތްވީއެވެ. މަރުހަބާ ސަލީމް!
28 Oct 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.