ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން-- ފޮޓޯ/މަޖިލިސް
ހަބަރު
29 Oct 2023 | 12:27
ޢާއިލީ ވެރިކަމަށް އެންމެ ފާޑުކީ ޓީމުން، އާއިލީ ވެރިކަން ދިފާއުކުރަން އުޅުމަކީ ހުތުރު ނަމޫނާއެއް: ސައުދު

ޢާއިލީ ވެރިކަމަށް އެންމެ ފާޑުކީ ބޭފުޅުން، ޑިމޮކްރަސީ ފަހަތަށް ޖައްސަވައި، އާއިލީ ވެރިކަން ދިފާއުކުރުމަށް މަޖިލިސް ހުއްޓުވުމަކީ ހުތުރު ނަމޫނާއެއް ކަމަށް ވިދާޅުވެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން މަޖިލީހުގެ ނާއިބު ރައީސާ އީވާ އަބްދުالله އާއި އެބޭފުޅާގެ ދެބެންގެ ދެދަރި ބޭބޭފުޅު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސަތުން ވަކިކުރުމަށް 49 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅައި އެމަނިކުފާނަށް 14 ދުވަހުގެ ނޯޓިސް ފޮނުވައި، ނޯޓިސްގެ މުއްދަތު ހަމަވުމާއިއެކު މިއަދު ވަނީއެ މައްސަލަ އެޖެންޑާ ކޮށްފައެވެ. 
ނަމަވެސް މިއަދަށް އެ ޖަލްސާ އެޖެންޑާ ކުރި މައްސަލަ މަޖިލީހުގެ ނައިބު ރައީސާ އީވާ އާލާސްކަންފުޅާއި އުޅުއްވާތީ ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ. 

އެކަން ހާމަ ކުރައްވަމުން މަޖިލީހުގެ އަމީން އާއްމު ނިޔުޝާ ވިދާޅުވީ, މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ބާއްވާ ބަހުސެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެން ނުވާނެކަމަށާއި، އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމުގެ މަސްއޫލިއްޔަތަކީ މަޖިލީހުގެ ނައިބު ރައީސާއި މަޖިލީހުގެ ގަވައިދުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއްކަމަށެވެ.
ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އާލާސްކަންފުޅާއި އުޅުއްވާކަން ބަޔާންކޮށް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ސަލާން ފޮނުވާފައިވާތީ މިއަދު އެ ގަރާރަށް ބަހުސްކުރުން ކުރިއަށް ގެންދެވެން ނެތްކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ. 

އެކަމާއި ގުޅިގެން ނުރުހުން ފާޅުކުރައްވައި ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނާއިބު ރައީސާ އަށް ރިޔާސަތަށް ނޭރޭ ހިނދެއްގައި ކަން ކުރަންވީގޮތްވެސް މަޖިލީހުގެ ގަވާއިދުގަޔާއި ގާނޫނު އަސާސީގައިވާ ކަމަށެވެ. އަދި މަޖިލިސް ހުއްޓުމަކަށް ގެނެވޭނެ އެއްވެސް ހާލަތެއް ނެތްކަން އެއިން ސާފުކޮށް އެނގޭ ކަމަށްވެސް ސައުދު ވިދާޅުވި އެވެ. 

"މީގެ ކުރިން ޢާއިލީ ވެރިކަމަށް އެންމެ ފާޑުކިޔާ އުޅުނު ޓީމުން، ޑިމޮކްރަސީ ފަހަތަށް ޖައްސަވައި، އާއިލީ ވެރިކަން ދިފާއުކުރުމަށް މަޖިލިސް ހުއްޓުވުމަކީ ހުތުރު ނަމޫނާއެއް" ސައުދު ވިދާޅުވި އެވެ. 

މިއަދުގެ މަޖިލިސް ކުރިއަށް ނުގެންދިޔުމުން އެމްޑީޕީ މެންބަރުން ވަނީ މަޖިލީހުގައި އިހްތިޖާޖު ކޮށް އަޑު އުފުލާފައެވެ. އަދި ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ސްޕްރީމްކޯޓުގެ ލަފާ ހޯއްދަވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.