އެމްޑީޕީ މެންބަރުން ޖަލްސާއަށް ހުރަސް އަޅަނީ--
ހަބަރު
31 Oct 2023 | 10:05
ރިޔާސަތައް ޖެއްސުންކޮށް، މަޖިލީހުގައި ހަމަނުޖެހުން ހިންގައި، އެމްޑީޕީން މިއަދުގެ ޖަލްސާ ހުއްޓުވައިފި!

ރައްޔިތުންގެ މަޖިލީހުގެ މިއަދަށް ތާވަލްކުރި ޖަލްސާ، އެމްޑީޕީ މެންބަރުން ހަމަނުޖެހުން ހިންގުމާއި ގުޅިގެން ކުރިއަށް ނުގެންދެވި، ނިންމާލަން ޖެހިއްޖެ އެވެ. 

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ މި އަހަރަށް ސަރުކާރުން ހުށަހެޅި ސަޕްލެމަންޓަރީ ބަޖެޓާއި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތެވެ. 

ނަމަވެސް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް އިތުރު އެއްވެސް މަސައްކަތެއް ދެން ކުރިޔަށް ނުގެންދެވޭނެކަމަށް އިއްޔެވެސް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ އެޖެންޑާ ނުކުރާ ނަމަ، ދެން އެހެން އެއްވެސް ކަމަކަށް އެމްޑީޕީ މެންބަރުންގެ ފަރާތުން އެއްބާރުލުން ނުލިބޭނެ ކަމަށް ވެސް އެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ. 

އެގޮތުން، މިއަދުގެ ހެނދުނު ޖަލްސާ ފެށުމުގެ ކުރިން ވެސް އެމްޑީޕީ މެމްބަރުން ތިބީ ދުންމާރިތަމާއި އަޑުގަދަ ކުރާތައް ހިފައިގެން ޖަލްސާ ހުއްޓުވުމަށް ތައްޔާރު ވެގެންނެވެ. 

އަދި މަޖިލީހުގެ ރިޔާސަތަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަޑައިގެން ޖަލްސާ ފެއްޓެވުމާއި އެކު ގޮނޑިތަކުން އެމްޑީޕީގެ މެމްބަރުން ތެދުވެ އަޑުގަދަ ކުރަން ވަނީ ފަށާފައެވެ. 

އެއްބައި މެންބަރުން ދުންމާރި ފުންމަމުން ދިޔައިރު އަނެއް ބައެއް މެންބަރުން އަޑުގަދަކޮށް ބުނަމުން ދިޔައީ އިތުރު އެއްވެސް މަސައްކަތަކަށް ޖާގައެއް ނެތްކަމަށާއި، އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރަން ޖެހޭ ކަމަށެވެ.

އަދި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އާއި އެހެން ބައެއް މެންބަރުންވެސް ރިޔާސަތުގައި އިންނެވި އަފީފަށް އުނދަގޫ ކުރެއްވުމުގެ ގޮތުން މޭޒު މަތީން ބައެއް ތަކެތި ނެގުމަށް މަސައްކަތް ކުރައްވައި، އަފީފު އެ ގަޔަށްވެސް އަތްލައި ކޮއްޕައި އެކި ގޮތް ގޮތުން އެމްޑީޕީ މެންބަރުން ޖެއްސުން ކުރައްވަމުން ދިޔަތަން ވަނީ ފެނިގެންގޮސްފައެވެ. 

މީގެ އިތުރުން ރިޔާސީ މޭޒު ކައިރީގައި ތިއްބެވި އިދާރީ މުވައްޒަފުންގެ ތެރެއިން އަމީން އާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާއަށް ވެސް އެމްޑީޕީ މެމްބަރުން އުނދަގޫކޮށް ބަސް ބުނާ މަންޒަރު ފެނެ އެވެ.

އެފަދައިން މުޅި މަޖިލިސް ހަލަބޮލި ވެފައި ވަނިކޮށް ވަކި ހިސާބަކުން މަޖިލިސް ވަގުތުން ދުރަށް ދެއްކުންވަނީ ހުއްޓާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.