ވިނަރެސް ފްލެޓުތައް/ފޮޓޯ: އާބަންކޯ
ހަބަރު
06 Nov 2023 | 09:26
ޝަކުވާތަކާ ގުޅިގެން ވިނަރެސް އެޕާޓްމެންޓުތައް ވިއްކުން މަޑުޖައްސާލައިފި

އޮންލައިންކޮށް ވިނަރެސްގެ އެޕާޓެމެންޓުތައް ވިއްކަން އިއްޔެ ހުޅުވާލުމާއެކު ޕޯޓަލް އަށް ދިމާވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން އެ އެޕާޓްމެންޓުތައް ވިއްކުން މަޑުޖައްސާލައިފި އެވެ.

އާބަންކޯއިން ނެރުނު ބަޔާނުގައި ބުނީ، ވިނަރެސް ގަތުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ހުޅުވާލެވުނު ވަގުތު އޮންލައިން ޕޯޓަލްއަށް މެދުވެރިވި ޓެކްނިކަލް މައްސަލަތަކާ ގުޅޭ ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް އެ ކޯޕަރޭޝަނަށް ލިބިފައިވާ ކަމަށެވެ.

އެހެން ކަމުން އެ ލިބިފައިވާ ޝަކުވާތަކާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް އެ ކޯޕަރޭޝަނަށް ފާހަގަ ކުރެވިފައިވާތީ އެޕާޓްމެންޓު ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރުކޮށް ފޯމް ހުށަހެޅުން މަޑުޖައްސާލުމަށް ނިންމައިފައިވާ ކަމަށް ބުނެފައިވެއެވެ.

އަދި އެ މައްސަލަ ހައްލު ކުރުމަށްފަހު ވިނަރެސް އެޕާޓްމަންޓްތައް އަލުން ގަންނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ތާރީޚެއް ފަހުން އިއުލާނު ކުރެވޭނެ ކަމަށާ، އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 1516 އަށް ގުޅާ ލުމަށް އާބަންކޯއިން އެދިފައިވެއެވެ. 

ވިނަރެސްގެ ނުވިކި ހުރި އެޕާޓްމެންޓުތައް ވިއްކަން ހުޅުވާލީ ނޮވެމްބަރު 5 ގެ ހެނދުނު 10:00 ގަ އެވެ. އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ހުޅުމާލި އެ ފުރުސަތު ގައި، ނުވިކި ހުރި 123 އެޕާޓްމެންޓު ގާތްގަނޑަކަށް ބައިގަޑިއިރު ތެރޭގައި ވިކިފައިވާ ކަމަށް އާބަންކޯއިން އިއްޔެ ބުންޏެވެ.

ނަމަވެސް، އެއްފަހަރާ އެތައް ބަޔަކު ޕޯޓަލް އަށް ވަންނަން މަސައްކަތް ކުރުމުގެ ސަބަބުން ގިނަ ބަޔަކަށް ޕޯޓަލް އަށް ނުވަދެނު ކަމުގެ ޝަކުވާތައްވެސް މީހުން ވަނީ ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.