އާޒިމާ ޝުކޫރު
06 Nov 2023 | 14:06
އޭޖީ އާއި މަޖިލީހުގެ ސްޓޭންޑު ތަފާތުވުމުން ޕީޕީއެމްއިން އިޖުރާއީ އިއުތިރާޒެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު އިއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތަކަާއިމެދު، އެޓާނީ ޖެނެރަލްގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހު އިދާރާގެ ސްޓޭންޑުގައި ހިލާފުތަކެއް އުޅޭއިރު ޝަރީއަތުގައި އެޓާނީ ޖެނެރަލްގެ އޮފީހުން މަޖިލިސް ތަމްސީލު ކުރުމަށް ސުވާލު އުފައްދައި ޕީޕީއެމް/ޕީއެންސީން އިއުތިރާޒެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލިހުގެ 49 މެމްބަރުގެ ސޮޔާއެކު އެމްޑީޕީން ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވި ދިގު ދެމިގެންދާ މައްސަލައިގައި މަޖިލިހުގެ ގަވާއިދު މާނަ ކޮށްދިނުމަށް އެދި އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.  މި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ތަމްސީލުކުރައްވަނީ އެޓާނި ޖެނަރަލް އިބްރާހިމް ރިފްއަތެވެ. 

އެހެންނަމަވެސް މަޖިލިހުގެ ރައީސް ވަކި ކުރާ ގަރާރުހުށަހަޅާ ޖަލްސާގެ ރިޔާސަތު ބެލެއްހެއްޓުމާއި ގުޅޭގޮތުން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މަޖިލިސް ތަމްސީލު ކުރައްވާ އެޓާރނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ ސްޓޭންޓް މި މައްސަލައިގައި މަޖިލިހުގެ ސްޓޭންޑާއި ތަފާތެވެ. 

މި މައްސަލާގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭންޑަކީ އެމްޑީޕީން ވަކާލާތު ކުރާ ގޮތެވެ. މީގެ ކުރިން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެ ގޮތަށް ގާނޫނީ ލަފާ ވެސް ވަނީ ދެއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ. އެހެންނަމަވެސް އެ ގަވާއިދުގައި ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވައިދުގެ 205 ވަނަ މާއްދާގައި ނޯވެއެވެ. އެހެންވެ މަޖިލީހުން އެ ކަމަށް އެކަނި ރިއާޔަތްކޮށް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ ސަލާމުގައި ހުންނެވުމުން މަޖިލީހުގެ ޖަލްސާއެއް ވަނީ ކެންސަލް ކޮށްފައެވެ.

ރައްޔިތުގެ މަޖިލިހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހަވާލާދީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި އެމްޑިޕީން ހުށަހަޅައިފައިވާ މާއްދާގައި ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓޭ ވަގުތު ރިޔާސަތު ބަލަހައްޓަން ފަސް މެންބަރަކު ކަނޑައަޅާފައި އޮންނަން ޖެހޭކަމެވެ.

މިއަދުގެ އަޑުއެހުމުގައި ޕީޕީއެމް/ޕީއެންސީގެ ވަކީލު އާޒިމާ ޝަކޫރު ވިދާޅުވީ އެޓާނީ ޖެނެރަލްގެ އޮފީހުން ޝަރީއަތަށް އަރުވާފައިވާ ޖަވާބާއި ރައްޔިތުންގެ މަޖިލީހުގެ ސްޓޭންޑްގައި ހިލާފުތަކެއް ހުރިއިރު އެޓާނީ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާނެ ގޮތް ނުވިސްނޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއް ބާރު، ބަންޑާރަ ނައިބަކީ މުއައްސަސާއެއް، ދައުލަތުގެ މުއައްސަސާއަކުން ގާނޫނު އަސާސީއާއި ގާނޫނަކާ ހިލާފުވާ ގޮތަށް ގާނޫނެއް ގަވާއިދެއް މާނަކުރާނަމަ ކުރިއާލާ ވެސް ފިޔަވަޅު އަޅަން ޖެހޭނެ

އާޒިމާ ޝުކޫރު

އެޓާނީ ޖެނެރަލްގެ ނިންމުމަކީ ޝަރީއަތުން ވިސްނަން ޖެހޭ ކަމަށް ވިދާޅުވެ އާޒިމާ ވަނީ ދައުލަތުން ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރުމުގައި އުސޫލުތަކެއް ވެސް ނަަގަހައްޓަވާފައިވާ ކަން ފާހަގަ ކުރައްވައިފައެވެ. 

ބަންޑާރަ ނައިބުގެ އޮފީހުން، ދައުލަތުގެ އެއް ބާރުން ގާނޫނު އަސާސީއާ ހިލާފުވި ކަމަށް ދެކި، އެ ކަމަށް ފާޅުގައި އެއްވެސް އެއްޗެއް ވިދާޅުނުވެ، އިންޓަވީން ކުރަން ވެސް މަސައްކަތް ނުކޮށް، ކޯޓަކަށް މައްސަލަ ގެނުމަކީ ވަރަށް ސީރިއަސް މައްސަލައެއް

އާޒިމާ ޝުކޫރު

އެހެން ނަމަވެސް ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދަނީ ދައުލަތުގެ ސްޓޭންޑް އެޓާނީ ޖެނެރަލްގެ އޮފީހުން ވަކާލާތު ކުރާ ގޮތަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ގެންދަވަނީ މަޖިލީހުގެ ނިންމުމާ ގުޅޭ ގޮތުން ޝަރީއަތުގައި ޖަވާބުދާރީ ވަމުންނެވެ.   

ސުޕްރީމް ކޯޓުގެ ފަރާތުން މަސައްކަތް ކުރަނީ މިއަދު ހަވީރު 3:00 އާއި ހަމައަށް މި މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމުމަށެވެ. ކުރަން ހުރި ބަހުސްތައް ނުނިމޭނަމަ މާދަމާ އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް ރިޔާސަތުން އިއުލާން ކުރެއްވިއެވެ.

އެއިރު މައްސަލައަށް ތަދައްހުލްވި ޑިމޮކްރެޓްސްއިން ވަނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފުރުސަތުތަކެއް ދިނުމަށް އެދިފައެވެ. މަޖިލީހުގެ ރައީސް ނަޝީދާއި، ނައިބު ރައީސް އީވާ ނިސްބަތް ވަނީ ޑިމޮކްރެޓްސްއަށެވެ. އަދި އެއީ މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީއެވެ.

ދެން މައްސަލައަށް ތަދައްހުލްވި ޕީޕީއެމް/ޕީއެންސީގެ ނުވަ މެންބަރަކު މަޖިލީހުގައި ތިއްބަވައެވެ. 

މި މައްސަލަ ކުރިއަށް ގެންދަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.