ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ އައިޝަތު އާޒިމާ ޝަކޫރު
ހަބަރު
06 Nov 2023 | 14:12
ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަނޭޅުމަށް ބަންޑާރަ ނައިބަށް ލަފާ ނުދެއްވޭނެ: އާޒިމާ

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށައަޅަން ފިނޭންސް މިނިސްޓަރު މަޖިލީހަށް ވަޑައިނުގަތުމަށް ބަންޑާރަ ނައިބަށް ލަފާ ނުދެއްވޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޒާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މިފަދައިން އާޒިމާ ވިދާޅުވީ، މިއަދު ސުޕްރީމް ކޯޓުގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ރައީސް  މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ  މައްސަލައިގެ އަޑު އެހުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޕީއެމް/ޕީއެންސީ ތަމްސީލު ކުރާ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން ބަޖެޓް ހުށައަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށެވެ. އަދި މި ބަޖެޓް ހުށައެޅުއްވޭނީ ފައިނޭންސް މިނިސްޓަރު މަޖިލީހަށް ވަޑައިގެން ކަމަށާއި، ދައުލަތުގެ ބަޖެޓް ހުށައެޅުމަށް މަޖިލީހަށް ވަޑައިނުގަތުމަށް ބަންޑާރަ ނައިބަކަށް ލަފާދެއްވުމުގެ ބާރެއް ނޯންނާނެ ކަމަށެވެ.

ދައުލަތުގެ ބަޖެޓަކީ އާދައިގެ ގޮތަކަށް ދޫކޮށްނުލެވޭނެ ކަމެއް ކަމަށާއި ބަންޑާރަ ނައިބު ދެއްވާ ލަފަޔަކުން ދުސްތޫރީ އޮނިގަނޑޫ ހުއްޓުމަކަށް އައިސްގެން ނުވާނެ ކަމަށް ގަބޫލުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

" ދައުލަތުގެ ބަޖެޓަކީ މުސާރަވެސް މެ. ބަޖެޓަކީ މުވައްސަސާތައްވެސް, ބިލްތަކާއި އެހެން ހުރިހާ އެއްޗެއްވެސް މެ. އެެހެންވެއްޖެ ކަމަށް ވާނަމަ، ބަޖެޓް ހުށަނޭޅި, ބަޖެޓް ފާސް ނުވެއްޖެނަމަ ގާނޫނު އަސާސީ އޮތް ގޮތުން އިތުރު ޚަރަދެއް ނުކުރެވޭނެ. މިއަހަރު ނިމުނީމައި އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ އަނެއްކާވެސް ގާނޫނީ އިމުގެ ތެރެއިން މަޖިލީހުގެ ރައީސް އިތުބާރު ނެތްކަމުގެ ވޯޓުގެ ނޯޓިސްގެ ގަރާރުގެ މުއްދަތު ހަމަވުމަށްފަހު އިތުރު ކަމެއް ނުކުރެވޭނެ އޭ ބުނާ ބުނުމަށް ޖާގަ ލިބޭނެ ކަމަކަށް." އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އާޒިމާ ޝަކޫރު ފާހަގަ ކުރެއްވީ ދިވެހި ރާއްޖޭގެ ދުސްތޫރީ ނިޒާމް ވަނީ ހުއްޓިފައިކަމަށާއި އިންތިޚާބެއް ނިމިގެން ދިޔައިރު ރައްޔިތުންގެ މަޖިލީހެއް ނުހިނގާ ކަމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.