އާބަންކޯގެ މައި އޮފީސް--ފޮޓޯ/އާބަންކޯ
ހަބަރު
07 Nov 2023 | 15:46
ބިން ތަކެއް ކުއްޔަށްދޭން އުޅޭ މައްސަލައެއްގައި އޭސީސީން އާބަންކޯއަށް ވަދެއްޖެ!

ހުޅުމާލޭގެ ބިންތަކެއް ކުއްޔަށް ދޭން އުޅޭ މައްސަލައެއްގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާބަންކޯ އަށް ވަދެއްޖެ އެވެ.

މިކަމާއި ގުޅިގެން އޭސީސީގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އިންތިގާލީ މަރުހަލާގައި ބައެއް ކަންކަން ކުރިއަށް ނުގެންގޮސް މަޑު ޖައްސާލުމަށް ނިމިދިޔަ އޮކްޓޯބަރ މަސް ތެރޭގައި، އޭސީސީން އާބަންކޯއަށް އަންގާފައިވާނެ ކަމަށެވެ. 

އެގޮތުން، އާބަންކޯއިން ކުރުމަށް ނިންމާފައިވާ ބިމާއި ބެހޭ ބައެއް މުޢާމަލާތް ތަކާއި އެނޫންވެސް ބައެއް ކަންކަން މަޑުޖައްސާލުމަށް އޭސީސީން އަންގާފައިވާނެ ކަން މީޑިއާ އޮފިޝަލް ފާހަގަކުރެއްވިއެވެ. 

"އޭގެ ތެރޭގައި ހިމެނޭނެ ފަރުކޮޅު ފުށި ދިގު މުއްދަތަކަށް ކުއްޔަށް ދިނުން ފަދަ އެކިއެކި ކަންކަން. އެކަންކަން އިންތިގާލީ މަރުހަލާގައި ކުރިއަށް ނުގެންދިޔުމަށް އަޅުގަނޑުމެން އަންގާފައި ވާއިރު، އެކަން ކަމާއި ގުޅޭގޮތުން މައުލޫމާތު ހޯދައި ލިޔެކިޔުންތައް ޗެކު ކުރުން ފަދަ ކަންކަން ކުރިއަށް ގެންދިޔުމަށް އޭސީސީގެ ޓީމެއް އަންނަނީ އާބަންކޯގައި ހަރަކާތްތެރިވަމުން." އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

ބިމުގެ މައްސަލައެއްގައި އޭސީސީން އާބަންކޯއަށް ވަދެފައި ވާއިރު, ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން ދަނިކޮށް އާބަންކޯ އިން ހުޅުމާލޭގެ ބިންތަކެއްގެ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމުގެ މަސައްކަތް ފަށާފައިވާތީ އެކަން ކަން މަޑު ޖައްސާލަން މިދިޔަ މަސް ތެރޭ އޭސީސީން ވަނީ އާބަންކޯއަށް އަންގާފައެވެ.

އެގޮތުން އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން، އިންތިގާލީ މަރުހަލާގައި އަވަސް އަރުވާލައިގެން އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ އެ އޮފީހުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މި މުއާމަލާތްތަކުގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ބިން "ލީޒް"ކުރުމުގެ މުއާމަލާތްތަކެއް ހިމެނޭތީ އެއީ ވަކިން ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށްވެސް ބުންޏެވެ.

އާބަންކޯ އިން މިދަނޑިވަޅުގައި ބިންތަކުގެ މުއާމަލާތްތައް ނިންމައިފިނަމަ އެކަމުގެ ސަބަބުން އަލަށް ފެށޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅި މުޅި ދިވެހި ދައުލަތަށް އެކަމުގެ ގެއްލުން ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ މި މަރުހަލާގައި މިފަދަ މުއާމަލާތްތައް މަޑުޖައްސާލައި ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުން، އިންތިގާލީ މަރުހަލާގެ ރޫހާ އެއްގޮތަށް އަމަލުކުރުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.

"އަދި ދަންނަވަމެވެ. މިފަދަ ކަންކަން ހުއްޓުވައި ދިވެހި ރައްޔިތުންގެ މަތީ މަސްލަހަތުތައް ޙިމާޔަތްކުރުމަށް ގާނުނީ ނިޒާމުގެ ތެރެއިން މުއައްސަސާތައް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ." ބަޔާން ނިންމާލަމުން އޭސީސީން ބުނެފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.