އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހަފްތާއަކު ހާއްސަ ހަދިޔާ އެއް ލިބޭނެ
ވިޔަފާރި
08 Nov 2023 | 22:05
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކޮށްލައިގެން އައިފޯން 15 ޕްރޯ މެކްސް އާއި އަގުހުރި އެތައް އިނާމުތަކެއް!

ޕްރިޕެއިޑް ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކޮށްލައިގެން އައިފޯން 15 ޕްރޯ މެކްސް އަދި އަގުހުރި އެތައް އިނާމުތަކެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.

އުރީދޫއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހަފްތާއަކު ހާއްސަ ހަދިޔާ އެއް ލިބޭނެ ކަމަށާއި ޕްރޮމޯޝަން ގެ ގްރޭންޑް ޕްރައިޒް ގެ ނަސީބުވެރިފަރާތައް އައިފޯން 15 ޕްރޯ މެކްސް އެއް ލިބުމުގެ ފުރުސަތުވެސް މި ޕްރޮމޯޝަން އިން ހުޅުވާލާފައި ވާ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ 7 ނޮވެމްބަރު 2023 އިން ފެށިގެން 31 ޑިސެމްބަރ 2023 ގެ ނިޔަލަށެވެ. އުރީދޫ އެޕް މެދުވެރިކޮށް 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާރޖް ކުރައްވާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނެގޭ ގުރުއަތަކުން ކޮންމެ ހަފްތާ އެއްގެ ނަސީބުވެރި ފަރާތް އަދި ޑިސެމްބަރު ނިމުމުން ގްރޭންޑް ޕްރައިޒްގެ ނަސީބުވެރި ފަރާތް ހޮވިގެންދާނެއެވެ. އެމް-ފައިސާ މެދުވެރިކޮށް ރިޗާރޖް ކުރައްވާ ފަރާތްތައްވެސް މި ޕްރޮމޯޝަންގައި ހިމެނިގެންދާނެއެވެ.

މި ގޮތުން ރީޗާރޖް ކުރައްވާ ފަރާތްތަކުގެ ވީކްލީ އަދި ގްރޭންޑް ޕްރައިޒް ގެ ގޮތުގައި ހަމަ ޖެހިފައިވާ އިނާމުގެ ތެރޭގައި ޕްރޮމޯޝަން ގެ މުއްދަތުގައި 20ރ އާއި އެއަށްވުރެ މަތިން ރީޗާރޖް ކުރައްވާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް "ގްރޭންޑް ޕްރައިޒް ވިނަރ" ގެ އިނާމުގެ ގޮތުގައި އައިފޯން 15 ޕްރޯ މެކްސް އެއް ލިބިގެންދާނެއެވެ.

އަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ އެއް ފަރާތަކަށް "ވީކްލީ ވިނަރ" ގެ އިނާމުގެ ގޮތުގައި މޫލީ މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 8، ވާވޭ ވޮޗް ބަޑްސް، ގާމިން ވެނޫ އެސްކިއު - މިއުޒިކް، އެޕަލް އެއާޕޮޑްސް ޕްރޯ ޖެން2، ސެމްސަންގް ގެލެކްސީ ވޮޗް 5، ސެމްސަންގް ގެލެކްސީ ބަޑްސް 2 ޕްރޯ، އެޕަލް މެގް ސޭފް ޑުއޯ ޗާޖަރު ނުވަތަ އިންސްޓެކްސް މިނީ 40 އެއް ލިބިގެންދާނެ ކަމަށް އުރީދޫގެ ނޫސް ބަޔާނުގައި ވެއެވެ.

އުރީދޫ އެޕް ވަނީ ދާދި ފަހުން ސުޕަ އެޕަކަށް އަޕްގްރޭޑްކޮށް، ގިނަ ހިދުމަތްތަކެއް އެއް ޑިޖިޓަލް ފުރާޅެއްގެ ދަށުން އެންޑް ޓު އެންޑް ސޮލިއުޝަނެއް ފޯރުކޮށްދީ އެޕް ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.