ޢިލްމީ ޚަޒާނާ ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ/ދާރިސް ޓީވީ
ހަބަރު
09 Nov 2023 | 10:19
"ފަލަސްތީނާއި މުސްލިމުންގެ ދިފާއުގައި ހަނގުރާމައިގެ މައިދާނަށް ނުކުތުމުގެ ފުރުސަތު އޮތް ނަމަ އެކަންވެސް ކުރަންޖެހޭ"

ފަލަސްޠީނުގެ މިނިވަންކަމަށްޓަމައި ޖިހާދުކުރަމުންދާ ހަމާސްގެ މުޖާހިދުންނާއި އެ ގައުމުގެ އާއްމުން، ނިރުބަވެރި އިސްރާއީލުގެ ސިފައިންނާ ދެކޮޅަށް ކުރަމުންދާ ޖިހާދު ގައި ބައިވެރިވުމުގެ ފުރުސަތު އޮތް ނަމަ، އެ ހަނގުރާމާގައި ބައިވެރިވެ މުސްލިމުންނަށް ނަސްރު ހޯދައިދިނުމަށް ޖިހާދު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ. 

'ދާރިސް' ޓީވީން ގެނެސްދޭ ޢިލްމީ ޚަޒާނާގެ 501 ވަނަ ޕްރޮގްރާމް ގައި ފަލަސްތީނުގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން މީހަކު ކުރި ސުވާލު ތަކަކަށް ޖަވާބު ދެއްވަމުން ޝެއިޚް ސަމީރު ވިދާޅުވީ، ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ ހަދީޘްފުޅުތަކުން އެނގިގެންދާ ގޮތުން، މުސްލިމުންނަނީ އެއް އުއްމަތެއްގެ ބައެއް ކަމަށާ، އަދި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށެވެ. 

"ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވާ ގޮތުން، އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވުމާއި، އަޅައިލުމާއި، އެއްބަޔަކު އަނެއް ބަޔަކަށް އޯގާވެރިވުމުގައި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުގެ ގުނަވަނެއް ބަލިވެއްޖެނަމަ އެހެން ގުނަވަންތައް ހޭލައި ހުރުމާއި ހުން އައުމުގައި އެ ގުނަވަކަށް އިޖާބަ ދޭނެތެވެ" 

އެހެން ކަމުން އުއްމަތުގެ މުސްލިމުންނަށް ކޮންމެ ތަނެއްގައިވެސް އަނިޔާ ލިބެމުންދާނަމަ، އެމީހުންނަށް އެހީވުމުގައި މުޅި އުއްމަތް މަސައްކަތް ކުރަންޖެހޭ ކަމަށް ޝެއިޚް ސަމީރު ވިދާޅުވި އެވެ. 

ޢިލްމީ ޚަޒާނާ ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ/ދާރިސް ޓީވީ 

ޝެއިޚް ސަމީރު އިތުރަށް ވިދާޅުވީ، ފަލަސްތީނުގެ މުސްލިމުން ކުރަމުންދާ ހަނގުރާމަ ކުރަމުންދަނީ މުސްލިމުންގެ މުގައްދަސް ބިމެއްގެ ހިމާޔަތުގައި ކަމަށެވެ. 

މަސްޖިދުލް އަޤުޞާ ހުރި ބިން. މުޤައްދަސް ބިމެއް. މުސްލިމުންގެ ފުރަތަމަ ޤިބްލަ. ނަބިއްޔާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ މަސްރާ، އިސްރާ ކުރެއްވުނު ތަން. އެއާއެކުގައި ބަޔަކު، ރަށެއްގައި ތިބި ބަޔަކު އަރައިގަނެގެން މިއުޅެނީ. އެމީހުންގެ (ފަލަސްތީނުގެ ރައްޔިތުންގެ) ޖާނުގެ ދިފާއުގައި މި ހަނގުރާމަ ކުރަނީ. އެމީހުންގެ މުދަލުގެ ދިފާއުގައި. ހަދީޘް ގައި، ވަނީ އެމީހެއްގެ މުދަލުގެ ދިފާއުގައި، ނަފްސުގެ ދިފާއުގައި، އަބުރުގެ ދިފާއުގައި ހަނގުރާމަ ކޮށް މަރުވާ މީހަކީ ޝަހީދެއް ކަމުގައި. އެހެންވީމާ ބިމާއި، މުގައްދަސާތަކާއި، ނަފްސާ، މުދަލާއި، އަބުރާ، މި ޖާނުގެ ދިފާއުގައި، ހަނގުރާމަކުރުން މިއޮތީ ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެހެން ނޫންތޯ؟ އެހެންވީމާ އެހިސާބުން ފެށިގެން އެކަމަކީ ކުރަންޖެހޭ ކަމެއް. އެއީ ޝަރުއީ ގޮތުން ވާޖިބު ކުރައްވާފައިވާ ކަމެއް. އެހެންވީމާ އަޅުގަނޑުމެން ކޮންމެ ތަނަކު ތިބި ނަމަވެސް، އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް އަޅުގަނޑުމެން ކުރަންޖެހޭނެ. 

އައްޝެއިޚް އަހުމަދު ސަމީރު

ކަންމިހެން ހުރުމުން މުސްލިމު ގައުމުތަކުގެ ވެރިން، އެމީހުންނަށް ވީ މިންވަރަކުން، އެމީހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް ފަލަސްތީނަށް އެހީވުމަށް މަސައްކަތް ކުރަންވާނެ ކަމަށާ، އަދި އާއްމު ފަރުދުންވެސް، އެމީހަކަށްވީ މިންވަރަކުން މާލީ ގޮތުންނާއި، އަދި އެނޫން ގޮތް ގޮތުންވެސް ފަލަސްތީނަށް އެހީވުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް ޝެއިޚް ވިދާޅުވި އެވެ. ހަމައެއާއެކު މުސްލިމުންނަށް ނަސްރު ދެއްވުން އެދިވެސް ހެޔޮ ނިޔަތުގައި، އިތުބާރާއި ޔަގީން ކަމާއި އެކު ދުޢާ ކުރަންޖެހޭ ކަމަށްވެސް ޝެއިޚް ވިދާޅުވި އެވެ. 

މިއާއެކު ޝެއިޚް ސަމީރު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން ކުރަމުންގެންދާ ޖިހާދަކީ އެންމެހާ މުސްލިމުންގެ މަތިން ކުރަމުންދާ ޖިހާދެއް ކަމަށެވެ.

އަޅުގަނޑުމެންގެ ހަނގުރާމައެއް އެއީ. އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް އެއީ. އަޅުގަނޑުމެންގެ ފަރާތުން ކުރާ ހަނގުރާމައެއް އެއީ. އަޅުގަނޑުމެން ތިބެންޖެހޭ ތަނެއް އެއީ. އަޅުގަނޑުމެން ތިބެންޖެހޭ މަގާމެއް. އަޅުގަނޑުމެން ތިބެންޖެހޭ މައިދާނެއް އެއީ ހަގީގަތުގައި. މުސްލިމުންގެ މުގައްދަސް ބިމަކަށް، އަދި މުސްލިމު ބިމަކަށް ކާފަރުން އަރައިގެން އެމީހުން އެއްވެސް ހަމައެއް އުސޫލެއްނެތި މުސްލިމުން މަރަމުންދާ އިރު، އެ ދިފާއުގައި އެ ކުރާ ހަނގުރާމަ އަކީ އަޅުގަނޑުމެންގެ ފަރާތުން ކުރާ ހަނގުރާމައެއް. އޭގައި އަޅުގަނޑުމެންގެ ބައިވެރިވުން އޮންނަންޖެހޭނެ. 

އައްޝެއިޚް އަހުމަދު ސަމީރު 

ޝެއިޚް ސަމީރު ވިދާޅުވީ، ހުޅަނގުގެ ގައުމުތަކުން ޔަހޫދީން ހިންގަމުންދާ ގަތުލު އާއްމު ތަކަށް ތާއީދުކޮށް، އެކަމުގައި ޔަހޫދީންނާ އެކު ވާކަމަށް އަންގައި އެހީތެރިކަންވެސް ފޯރުކޮށްދެމުން އަންނައިރު، މުސްލިމުންވެސް، މުސްލިމު އުއްމަތަށް އެހީވެ، މުސްލިމުންނާއެކު ވާކަން އަންގަންޖެހޭ ކަމަށެވެ. 

"އެހެންވީމާ މުސްލިމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަންޖެހޭނެ. އެއްވެސް އިސްތިސްނާއެއް ނެތި. ޖާނުންވިއްޔާ ޖާނުންވެސް ގުރުބާން ކުރަންޖެހޭނެ. އެ ފުރުސަތު ލިބިއްޖެއްޔާމުން މައިދާނަށް ނުކުންނަންޖެހުނަސް ނުކުންނަން ޖެހޭނެ."

އައްޝެއިޚް އަހުމަދު ސަމީރު 

އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރާއިލްގެ ޔަހޫދީން ފެށި ޤަތުލު ޢާންމު ތަކުގައި މިހާތަނަށް ޣައްޒާގެ 10,500 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 4100 އަށް ވުރެ ގިނަ ކުދިން ހިމެނެއެވެ. އަދި 1500 އާއި ގާތް ކުރާ ޢަދަދަކަށް ކުޑަކުދިން ވެއްޓިފައިވާ ޢިމާރާތް ތަކުގެ ދަށުގައި ތާށިވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.