ނަބީލް އާއި އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު
ހަބަރު
13 Nov 2023 | 10:02
މިލަންދޫ ދާއިރާއަށް، ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ނަބީލް ވާދަކުރައްވަނީ!

ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ށ. މިލަންދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޕީއެންސީގެ ސެނެޓަރ މުހައްމަދު ނަބީލް ޒަމީލް (ނައްބެ) ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވައި ފޭސްބުކްގައި ނައްބެ ކުރެއްވި ޕޯސްޓެއްގައި ވަނީ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލެވުމާއެކު، މަދު ބައިވެރިންނާއި އެކުގައި، މަގުމައްޗަށް ނުކުމެ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ޙައްޤުގައި އޭނާ ވަކާލާތު ކޮށްދެއްވައިފައިވާނެކަން ފާހަގަކުރައްވައިފައެވެ.

ނަބީލަކީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ބޭއްވުނު ހަރަކާތާއި އެނޫންވެސް، ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮވެގެން، ހިންގި މަގުމަތީ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އެ ހަރަކާތްތަކުގެ ތެރޭއިން ވަރަށް ގިނަ ފަހަރު އޭނާ ވަނީ ހައްޔަރުވެސް ކޮށްފައެވެ. 

ނަބީލް އިތުރަށް ވިދާޅުވީ ކުރިއަށް އޮތީ ބުރަ މަސައްކަތެއްކަން ޤަބޫލުކޮށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު ދިފާޢުކޮށް ރައީސް ޔާމީން އަބްދުލްޤައްޔޫމާއި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ތަސައްވުރު ހާސިލުކުރުމަށް ސަރުކާރުން މަސައްކަތް ކުރާއިރު ޤާނޫނީ ގޮތުން މަޖިލީހުގެ ޒިންމާ އަދާކޮށް، ސަރުކާރު ދިފާއުކޮށް، ޖަވަަބުދާރީކޮށް، ރައްޔިތުންގެ ހެވަށާއި ލާބައަށް އަބަދާއި އަބަދުމެ އޭނާ މަސައްކަތް ކުރާނޭ ކަމަށް ވިދާޅުވެފައެވެ. 

"އަޅުގަނޑުމެން އެންމެން ކުރި މަސައްކަތުން ގެނައި ސަރުކާރު ދިފާއުކުރެވޭނީވެސް އަޅުގަނޑުމެންނަށް. އިތުބާރުކުރައްވާ! އަޅުގަނޑަށް ތާއީދުކޮށްދެއްވާ! އަޅުގަނޑަކީ ތިޔަ ރައްޔިތުންގެ ކެންޑިޑޭޓް." ނަބީލް ވިދާޅުވި އެވެ. 

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

އެޑިޓަރުގެ ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ވޮއިސް ހަބަރު ކަވަރޭޖައް 9956888 އަށް ގުޅާލައްވާ
ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.