ހަބަރު
13 Nov 2023 | 21:59
ޕީޕީއެމް/ޕީއެންސީ ގެ ޓިކެޓްގައި ސިޔާޒް ނައިފަރު ދާއިރާއަށް ވާދަކުރަނީ

2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާއަށް ވާދަކުރާކަން އަބްދުالله ސިޔާޒް އިއުލާނުކޮށްފިއެވެ. 

ޅ ނައިފަރަށް ނިސްބަތްވާ ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައިވެސް ހިމެނި ވަޑައިގަންނަވާ ސިޔާޒް ކުރިއަށް އޮތް މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވާކަން އިއުލާނުކުރެއްވި އިރު މިހާރު އެ މަޤާމުގައި ހުންނެވީ ޕީޕީއެމްގެ ނައިބްރައީސް އަހުމަދު ޝިޔާމްއެވެ. ބެލެވޭ ގޮތުން އަލަށް އިންތިޚާބު ކުރެވުނު ސަރުކާރުގެ އިސް މަގާމަކަށް އެބޭފުޅާ ބަދަލުވެވަޑައިގަންނަވާނެއެވެ. 

މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާކަން އިއުލާނު ކުރައްވައި ސިޔާޒް ކުރެއްވި ޕޯސްޓްގައި ބުނެފައިވަނީ، ރައްޔިތުގެ މަޖިލިހުގެ އިންތިހާބުގައި ނައިފަރު ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމާފައިވާކަމަށާއި، އެ ނިންމުން އެގޮތަށް ނިންމައިފައިވަނީ، ނައިފަރު ދާއިރާގެ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް، ސަރުކާރާއި ގުޅިގެން ތަރައްގީ ހާސިލްކުރުމަށާއި ދިވެހިންގެ ރާއްޖެ މެނިފެސްޓޯ ތަންފީޒުކުރުމަށްކަމުގައެވެ. 

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ބާކީ 5 ވަރަކަށް މަސްދުވަހަށް ވެފައިވާއިރު، މި އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުން އަންނަނީ އެކަން އިއުލާނުކުރަމުންނެވެ. 

އެޑިޓަރުގެ ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ވޮއިސް ހަބަރު ކަވަރޭޖައް 9956888 އަށް ގުޅާލައްވާ
ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.