ކައްޕި އާއި އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު--
ހަބަރު
14 Nov 2023 | 10:28
މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާއަށް އަލީ އިބްރާހީމް (ކައްޕި) ވާދަކުރައްވަނީ!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ޢަލީ އިބްރާހީމް، ކައްޕި ނިންމަވައިފިއެވެ. 

މާލޭސިޓީ ހ. މަދަރާގެ އަށް ނިސްބަތްވާ ޢަލީ އިބުރާހީމް މިކަން އިއުލާން ކުރައްވައި ފޭސްބުކުގައި ކުރެއްވި ޕޯސްޓުގައި ވަނީ ދާއިރާގެ ރައްޔިތުންގެ ތާޢީދު އޭނާއަށް ދެއްވުމަށް އެދިލައްވައިފައެވެ.

ކައްޕި އަކީ ނިޔުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މެނޭޖަރއެވެ. އަދި އޭނާއަކީ ޕީޕީއެމްގެ މެންބަރެއްގެ އިތުރުން ދާއިރާގެ ރައީސް އެއްވެސް މެއެވެ. ހަމައެހެންމެ، އޭނާ ވަނީ އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކެންޕެއިން ކަންކަމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައެވެ. 

ކައްޕި މަޖިލީހަށް ވާދަކުރައްވާކަން އިއުލާން ކުރެއްވުމާ އެކު، ދިވެހި ރާއްޖެގެ ފުރަތަމަ ސްޕޯޓްސް ކޮމިޝަނަރ، އަހްމަދު ނަޝީދު (ޓީސީ ޑޭވް)، ވަނީ ކައްޕި އެންޑޯޒްކުރައްވާފައެވެ.

ޕީޕީއެމް ޕީއެންސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕީޕީއެމް، ޕީއެންސީގެ ޕްރައިމަރީ 2024 ވަނަ އަހަރުގެ ޖަނަވަރީ 20 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފައެވެ.

އަދި އެ ކޯލިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓަށް ޝައުޤުވެރިވެރިވާ ޕީޕީއެމް ޕީއެންސީގެ މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 2023 ޑިސެންބަރު 20 އިން ފެށިގެން 31 ގެ ނިޔަލަށް ހުޅުވާލާ ގޮތަށް ހަމަޖައްސާފައެވެ. 

އެޑިޓަރުގެ ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ވޮއިސް ހަބަރު ކަވަރޭޖައް 9956888 އަށް ގުޅާލައްވާ
ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.