ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓް
ހަބަރު
15 Nov 2023 | 14:07
ބިންވެރިޔާ ސްކީމުން ގޯތި ދޫކޮށްފައި ވަނީ ރަނގަޅު ޕްލޭނެއް ނެތި: އިންތިޤާލީ ކޮމެޓީ

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަރބަންކޯއިން ހުޅުމާލެއިން ގޯތި ދޫކޮށްފައިވަނީ އެއްވެސް ޕްލޭނެއް ނެތި ކަމުގައި އިންތިޤާލީ ކޮމެޓީން ބުނެފިއެވެ. 

އިންތިޤާލީ ކޮމެޓީގެފަރާތުން އާންމު ޚިދުމަތްދޭ ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ މަސައްކަތަކާއި ޚަރަދުތައް ދިރާސާ ކުރުމަށްފަހު އެކަމުގެ ތަފްސީލު ރިޕޯޓު ހާމަކުރުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މައުލޫމާތު ދިނުމުގެ ސެޝަންގައި އަރބަންކޯގެ މަސައްކަތްތަކަށް އަލި އަޅުވާލައި ބުނެފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން އެއްވެސް ޕްލޭނެއް ނެތި ބިން ދޫކޮށްފައިވުމުން އިތުރަށް އިންފްރާސްޓްރަކްޗަރ ގާއިމްކުރުމަށް ދެވޭނެ ބިމެއް ނެތްކަމުގައެވެ. 

މީގެ އިތުރުން އެ ރިޕޯޓުގައި ބުނެފައިވަނީ 300000 މީހުން ޖަމާވަމުންދާ ސިޓީއަކަށް ހުޅުމާލެ ސިޓީ ވަމުން އަންނަ އިރު މަގު ހެދުމާއި މިސްކިތްތައް އަދި ގަރާޖްތަކާއި އަދި ގުދަންތައް ފަދަ އެތަކެއް އިންފްރާސްޓްރަކްޗަރތައް ގާއިމްކުރަން ޖެހޭއިރު އެކަމަށް ބޭނުންވާ ބިން އިތުރަށް ލިބެން ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގައެވެ. 

މިއާއެކު ހުޅުމާލެއިން ދޫކުރެވިފައިވާ ފްކެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ގަވާއިދުން ކުލި ނުދައްކާ މީހުންނަށް ވުމުގެ ސަބަބުން އެކަމުގެ ސަބަބުންވެސް ވަރަށް ގިނަ ފައިސާ ނުލިބި ވާކަމުގައިވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. 

މީގެ އިތުރުން 2018 ވަނަ އަހަރު 804 މުވައްޒަފުންނާއެކު މަސައްކަތް ކުރަމުން އައި އަރބަންކޯއިން 2023 ވަނަ އަހަރައި ހަމައަށް އައިއުރޔ 2143 މުވައްޒަފުން އިތުރުވެފައިވާ ކަމަށާއި އެއީ މުވައްޒަފުންގެ އިންސައްތަ 100 އަށްވުރެ މަތި އަދަދެއްކަމުގައިވެސް އިންތިޤާލީ ކޮމެޓީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. 

ވުމާއެކު އަލަށް އެކުލަވާލާ ސަރުކާރެއްގައި މި މުވައްޒަފުން އެލޮކޭޓްކުރުމުގައި މުވައްޒަފުން އޭގެ ރަނގަޅު ގޮތުގައި ބަހާލެވިގެން ބޭނުން ކުރުމަށް ޚާއްސަ ސަމަލުކަމެއް ދޭންޖެހޭނެ ކަމުގައި އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. 

ކޮމެންޓް
ޟުެިއްޓޭ
ޙިޔާ ފުލެޓް ގެ ލިފްޓް ހަރުކުރީ ވަރަށް ޕްލޭން ކޮށްގެން
15 Nov 2023
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.