ގްރީން ސްޓްރީޓުގެ ކުޅުންތެރިން ލީގު މެޗަކަށް ނުކުތުމުގެ ކުރިން
ކުޅިވަރު
15 Nov 2023 | 20:45
ލީގުގައި ބާކީހުރި މެޗުތައް ކުޅުމާއިމެދު ގްރީން ސްޓްރީޓުން އަދި ގޮތެއް ނުނިންމާ

ތިން މަހެއްހާ ދުވަހު ލީގުގެ ކުޅުން މެދުކެނޑިފަ އޮތުމަށްފަހު މާދަމާ ލީގުގެ ކުޅުން ފަށަން އެފްއޭއެމް އިން ޝެޑިއުލްކޮށްފައި ވާއިރު، ލީގުގެ ބާކީހުރި މެޗުތައް ކުޅުމާއި މެދު މާދަމާ ބާއްވާ ބޯޑު މީޓިންގައި ގޮތެއް ނިންމާނެ ކަމަށް ގްރީން ސްޓްރީޓުން ބުނެފިއެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން ގްރީން ސްޓްރީޓުގެ ޖެނަރަލް ސެކެޓްރީ ވިދާލުވީ ދިގު މުއްދަތަކަށް ލީގު މެދުކަނޑާލުމަށް ފަހު މާދަމާ އަލުން ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް އެކުލަބުން އަދި ޕްރެކްޓިސް ނުފަށާ ކަމަށާއި އެފްއޭއެމް އާއި ޔޫތް މިނިސްޓްރީގެ ފަރާތުން ލިބެންޖެހޭ މާލީ އެހީތެރިން ނުލިބުމުގެ ސަބަބުން ކުރިއަށްހުރި މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ.

ކުލަބުން އަދި ފައިނަލް ގޮތެއް ނުނިންމާ ކަމަށާއި މިކަމާއި މެދު ގޮތެއް ނިންމުމަށް މާދަމާގެ ވަގުތެއްގައި ކުލަބުގެ އެމަޖެންސީ ބޯޑް މީޓިންގްއެއް ބޭވުމަށް ހަމަޖެހިފައިވާކަމަށެވެ.

އިތުރު ވާހަކަދައްކަމުން ޖެނަރަލް ސެކެޓްރީ ވިދާޅުވީ ލީގުގެ ކުޅުން އަލުން ފެށުމަށް ދެ ދުވަހަށް ވީއިރުވެސް މެޗު ޝެޑިލް ނުލިބޭކަމަށާއި މިމަހުގެ 20 ގައި ބުރު ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅޭމެޗަށް ޓީމެއް އެކުލަވާލައި ޕްރެކްޓިސް ފެށިދާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ. ނަމަވެސް ގޮތެއް ނިންމަވާނީ ކުލަބުގެ ވެރިންގެ މެދުގައި މަޝްވަރާކުރުމަށް ފަހު މާދަމާގެ ބޯޑު މީޓިންގައެވެ.

ޕްރެމިއާ ލީގުގެ ގްރީން ސްޓްރީޓުން މިހާތަނަށް 10 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ ފަސް ޕޮއިތންޓާއެކު ލީގު ތާވަލުގެ 7 ވަނައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.