އޭސީސީ މެންބަރުން
ހަބަރު
16 Nov 2023 | 17:41
އިންތިޤާލީ އިންސާފުގެ އޮފީހުގެ ޢަމަލުތައް ކުށްވެރިކޮށް އޭސީސީގެ އިންޒާރެެއް!

އިންތިޤާލީ އިންސާފުގެ އޮފީހުގެ ޢަމަލުތައް ކުށްވެރިކޮށް އެންޓިކޮރަޕްޝަން ކޮމިޝަނުން އެއޮފީހަށް އިންޒަރުދީ ބަޔާން ނެރެފިއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކަކާއި ގުޅިގެން ތަހުގީގަށް, އިއްޔެ އިންތިގާލީ އިންސާފުގެ އޮފީހަށް އެ ކޮމިޝަނުގެ ޓީމެއް ދިޔުމުން އެ ޓީމަށް އެއްބާރުލުން ދޭން ދެކޮޅު ހަދައި، އެއްބާރުލުން ދިން މުވައްޒަފުންނަށް ފިޔަވަޅު އެޅުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އޭސީސީން ތަހުޤީޤު ކުރަމުން އަންނަނީ އެ ކޮމިޝަނުން ނިންމާފައިވާ ބައެއް ތަހުޤީޤުތަކުގެ ނިންމުންތައް ބަދަލުކުރި ކަމަށް ބުނާ މައްސަލައަކާއި އެހެން ބައެއް މައްސަލަތަކެވެ.

އޭސީސީން ބުނީ، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތައް ހުރަސްއަޅާ ނަމަ، ފިޔަވަޅު އަޅާނެ ކަމަށެވެ.

”އެފަދަ ތުހުމަތުތައް ބަލައި ތަހުޤީޤް ކުރުމަށް ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތަށް ގޮންޖައްސަވައި، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅާ ފަރާތްތަކާ މެދު، ޤާނޫނީ އިމުގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅަމުން ގެންދާނަން" އޭސީސީއިން ބުނެފައިވެއެވެ.

އޭސީސީން ވަނީ އެ ކޮމިޝަނުގެ ތަހުޤީޤަށް އެއްބާރުލުން ދިން ތިން މުވައްޒަފުން "ފަސްޖެހުމެއްނެތި ޤާނޫނު ނެގެހެއްޓުމަށް" ކޮށްދިން މަސައްކަތަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

މި ތަހުޤީޤާއި ގުޅިގެން އިންތިިޤާލީ އިންސާފުގެ އޮފީހުގެ މަސައްކަތްތައް މިއަދު ބަންދުވާނެ ކަމަށް ބުނެ ރޭ ވަނީ އިއުލާނެއް ނެރެފަ އެވެ. ނަމަވެސް އޭސީސީން ބުނެފަިއިވަނީ، އެ ކޮމިޝަނުގެ ތަހުޤީޤުގައި އެ އޮފީހުގެ މަސައްކަތްތަކަށް ބުރޫއަރައި ހުރަސް އެޅޭނެ ފަދަ އެއްވެސް ކަމެއް އޭސީސީ އިން ކޮށްފައި ނޯންނާނެ ކަމަށެވެ.

އެ ކޮމިޝަނުގައި މިވަގުތު ތިއްބެވި މެންބަރުން ފާއިތުވީ އެއް އަހަރާއި އަށް މަސް ދުވަހު މަސައްކަތް ކޮށްފައިވާނީ ފަސް ޖެހުމެއްނެތި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެގޮތުގައި ދެމި ތިބޭނެ ކަމުގެ ޔަގީން ކަން ވެސް ވަނީ އެކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް
ޢަފީފު
ތި ފެށުނީ
16 Nov 2023
އިބުރާހިމް
މިދިޔަ 5 އަހަރު ތިޔަބޭފުޅުން ތިއްބެވީ ކޮންތާކުތޯ؟
16 Nov 2023
ޖާބެ
ބޮޑެތި ޙިޔާނާތްތެރިން ތިޔައީބެސް ކަޮމާގަތިބެފަ ހޭއެެރީ
17 Nov 2023
އަލީ އަހުމަދު
އޭ ސީ ސީ މިހާރު ދެފަޔަށް ހިނި އަދައިގެން ދުވަނީ މި ދިޔަ 5 އަހަރު ނިދާ މަރުވެފައި މީއަލެ ފަހެ ބޮޑު މުސީބާތެއް ނޫން
18 Nov 2023
ޟަސަލަ
ފަސްޖެހުމެއްނެތި ގަދަ ނިދީގައި ދެއްތޯ؟
19 Nov 2023
Ahmed Fuad Ibrahim
އަދިކިރިއާތޯ ހޭވެރިކަމެއްވީ…ނިމިދިޔަސަރުކާރުގަ ކޮންތާކުތޯ ތިއްބެވީ
21 Nov 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.