އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ސީއެންއޭ އަށް ދެއްވި ބަސްދީގަތުމުގެ ތެރެއިން--
ހަބަރު
17 Nov 2023 | 13:07
ފަލަސްތީނުގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރުން، ނިރުބަވެރިކަމާ ގުޅުވިގެން ނުވާނެ: ޑރ. މުޢިއްޒު

ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ހަނގުރާމައަކީ އެގައުމުގެ މިނިވަންކަމަށްޓަކައި ކުރަމުންދާ ހަނގުރާމައެއް ކަމަށާ، އަދި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރުމާ، ޓެރަރިޒަމާއި ގުޅުވިގެން ނުވާނެ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ބޭރުގެ ނޫހެއް ކަމަށްވާ ސީއެންއޭ އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޑރ. މުޢިއްޒު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގު ހޯދުމަށް އެމީހުން ކުރަމުންދާ މަސައްކަތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދިވެހިން ތިބީ އެ ގައުމާއި އެކުގައި ކަމަށެވެ. 

އަމާންކަމާއި އެކު ހިތްހަމަޖެހިގެން ދިރިއުޅުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވޭ. 1967 ވަނަ އަހަރުގެ ބޯޑަރަށް ރުޖޫޢަވެ، ޤުދުސަކީ ފަލަސްތީނުގެ ވެރިރަށް ގޮތުގައި ހަމަޖެހި މިނިވަން ފަލަސްތީނެއް އޮތުމަކީ ދިވެހިން އެދޭ އެދުން. އަދި މިނިވަން ފަލަސްތީނެއް އޮތުމަށްޓަކައި އެމީހުން ކުރަމުންދާ މަސައްކަތުގައި ދިވެހީން ތިބީ އެގައުމާއެކު ސާބިތު ކަމާއެކު. 

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު 

މުޢިއްޒު ވިދާޅުވީ، ގައުމުގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރުމަކީ ބައިނަލްއަގުވާމީ ގާނޫނު ތަކުންވެސް ލިބިދީފައިވާ ހައްގެއް ކަމަށެވެ. އަދި އެބައެއްގެ ގައުމުގައި މިނިވަންކަމާއި އެކު ދިރިއުޅުމަކީވެސް ކޮންމެ ބަޔަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އެހެންކަމުން ފަލަސްތީނުގެ ރައްޔިތުންނަށް ވެސް އެ ހައްގު އޮންނަންޖެހޭ ކަމަށް އެމަނިކުފާނާއި ދިވެހި ރައްޔިތުންވެސް ގަބޫލުކުރައްވާ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

މީގެ އިތުުރުން، ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މުސްލިމުންނާއި ދެކޮޅު ފިކުރު ނުވަތަ އިސްލާމިފޯބިއާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރިގެން ހިނގައިދާނެކަމުގެ ބިރު ހީވޭތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުޢިއްޒު ވިދާޅުވީ، އެ ހަނގުރާމަ ވަރުގަދަވެގެންދާ ކޮންމެ ފަހަރަކު ހަރުކަށި ފިކުރާއި މުސްލިމުންނާއި ގުޅުވައި، އިސްލާމްދީނަށް ނަފްރަތު ކުރުމުގެ ރޫހު ދުނިޔޭގެ ބައެއް ހިސާބު ތަކުގައި ފެތުރިގެން ދިޔުމަކީ އެމަނިކުފާނު ނުހަނު ކަންބޮޑުވެލައްވާ ކަމެއް ކަމަށެވެ. 

ފަލަސްތީނުގެ މައްސަލަ ވަރުގަދަވެގެންވާ ކޮންމެ ފަހަރަކު އިސްލާމްދީނާމެދު ރުޅިވެރިކަން ފެތުރުމުގެ މަސައްކަތް ކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް. އަދި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ހައްގު ހޯދުމަށް ތެދުވާ ކޮންމެ ފަހަރަކު އިސްލާމްދީނަށް އަމާޒުކޮށް (ރުޅިވެރިކަން) އުފައްދަން މަސައްކަތް ކުރެވުމަކީ އެއްވެސް އިންސާފުވެރި ގޮތެއް ނޫން. އެހެން ވެގެން ނުވާނެ. އިސްލާމްދީނަކީ ސުލްހައިގެ ދީން. 

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު 

މުޢިއްޒު ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކެއްގައި ހުރިހާ ދީނެއްގައިވެސް ތިބޭ ކަމަށާށ އަދި ދީނެއް ގަބޫލުނުކުރާ މީހުންގެ މެދުގައިވެސް ހަރުކަށިފިކުރު އޮންނަ ކަމަށެވެ. އަދި އެކަންކަމަކީ ބަލައި، ހައްލު ކުރެވެންޖެހޭ ކަމެއް ކަމަށާ، އެކަމަށްޓަކައި ދުނިޔޭގެ އެހެން ގައުމުތަކާއެކު މަސައްކަތް ކުރުމަށް ރާއްޖެ ތައްޔާރަށް އޮތް ކަމަށްވެސް މުޢިއްޒު ވިދާޅުވިއެެވެ. 

އެހެން ނަމަވެސް، އެކަމާއި (ޓެރަރިޒަމާ) ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމަށްޓަކައި ގޮވާ ގޮވާލުމާއި، އެ މަސައްކަތާއި ގުޅުވައިގެން ނުވާނެ. ފަލަސްތީނާއި އިސްރާއިލާއި ދެމެދު އުފެދިގެން އުޅޭ މައްސަލައިގެ ފެށުމާއި އެކަމުގެ ހަގީގަތް އެންމެނަށްވެސް އެނގޭ.  

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު 

އެހެންކަމުން، ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލުމާއި އެކަމަށްޓަކައި މަސައްކަތް ކުރުމާއި ޓެރަރިޒަމާއި ގުޅުވިގެން ނުވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.